logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް ޑރ.މުއިއްޒު ހައްދުންމައްޗަށާއި އައްޑޫސިޓީއަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދުންމައްޗަށާއި، އައްޑޫސިޓީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރައިވަޑައިގަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން އެ ދެ އަތޮޅުގެ ރަށްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ހައްދުންމަތީގެ 6 ރަށަކަށް ވަޑައިގަންނަވާއިރު، އައްޑޫސިޓީގެ ހިތަދޫއަށް ވަޑައިގަންނަވާނެއެވެ. މި ރަށްތަކަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، ކޮމިޓީތަކުގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވައި ސަރުކާރުން އެރަށްރަށުގެ ތަރައްޤީއަށް ކުރުމަށްހުރި ކަންތައްތަކާއި އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކަމާއި ބެހޭ ވަޒީރުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ރަމަޟާންމަހުގެ ކުރިންވެސް ރައީސް ވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ހައްދުންމައްޗަށާއި އައްޑޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ