11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި.
މި މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް،… pic.twitter.com/WliXUSXOTb
— Ministry of Fisheries and Ocean Resources (@MFORmv) April 11, 2024
އައިސްޕްލާންޓް ގާއިމުކުރާ ރަށްތައް:
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ށ. ފުނަދޫ
- ށ. ކޮމަންޑޫ
- ޅ. ނައިފަރު
- އއ. ރަސްދޫ
- މ. ވޭވަށް
- ދ. ބަނޑިދޫ
- ދ. މީދޫ
- ހއ. އިހަވަންދޫ
- ގދ. ރަތަފަންދޫ
ފަސޭހައިން އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިންކުރާއިރު، އައިސްޕްލާންޓް އިތުރުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.