logo minivan

English

އަންގާރަ, 30 އޭޕްރިލް 2024
އައިޖީއެމްއެޗްގެ ފިލިޕީންސް ނަރުހުގެ މަރުގެ ހާދިސާއާ ގުޅިފައިވާ ލޯބީގެ ޖޯޑު

މުސްކުޅި ލޯބި ކަފުން ކުރުމުގައި އާލޯބީގެ ދައުރު

މަޝްހޫރު ލޭޑީ ޑަޔާނާގެ ވާހަކަ އަޑުއަހާނެއެވެ. އެއީ އިނގިރޭސި ޝާހީ އާއިލާގެ ތެރެއިން އުފަންވި ލޯތްބެއްގެ މިސްރާބު ޑާޔާނާ ބަދަލުކޮށްލުމުން ޑަޔާނާއަށް ކުރިމަތިވި މަރުގެ ހާދިސާއެކެވެ. ޕަޕަރާޒީންގެ ކިބައިން ސަލާމަތްވާން ދުއްވަނިކޮށް ކާރު އެކްސިޑެންޓް ވެގެން މަރުވި ވާހަކައިގެ ހަގީގަތް ގުޅިފައި އޮތީ ލޯތްބާއެވެ.

އޭގެ ފަހުން ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ހާދިސާތައް ތަކުރާރުވެފައި އެބަހުއްޓެވެ. އެކި ފަންތީގެ މީހުންގެ މެދުގައެވެ. މިފަށަނީ އިންޑިޔާއިންނެވެ. ދެމަފިރިންގެ ކައިވެނީގެ ގޮށް ޖެހިގެން ދިޔައީ ދުބާއީގައި ދެމީހުން ވަޒީފާ އަދާކުރުމުގެ ތެރެއިން އުފެދުނު ލޯބީގެ ނަތީޖާއެއްގެ ގޮތުންނެވެ. ކައިވެނި ކުރީ އިންޑިޔާގެ ސޫރަތުގައެވެ. ހަނީމޫނަށް ދިޔައީ ދެމީހުންގެ ލޯބީގެ ރަން ޒަމާނުގައި ލިޔެފައިވާ ޑައިރީގައިވާ ގޮތަށް ސްވިޓްޒަލެންޑަށެވެ. އެއް މަހަށް ދެމިގެން ދިޔަ ހަނީ މޫންގެ ދުވަސްތަކަށް ފަހު ދެމީހުން ވެސް އެނބުރި ދުބާއީ އަށް ގޮސް ވަޒީފާ އަދާކުރަން ފެށިއެވެ.

ބަރާބަރު އަހަރެއް ފަހެވެ. ސޮފްޓްވެއާ އިންޖިނަރެއްގެ ވަޒީފާގައި އުޅުނު ފިރިމީހާ، އޭނާގެ މަސައްކަތްކުރާ އޮފީހުގައި އުޅުނު އަންހެނަކާ ގުޅުން ބަދަހިވަމުން ގޮސް، ލޯބީގެ ފުން ކަނޑަކަށް ގެނބެން ފެށިއެވެ. އަނބިމީހާ އަށް އެކަން ފަޅާއެރިއެވެ. އެ ހިސާބުން ކަން ދިމާވީ ވަރަށް ވެސް ހައިރާން ކުރުވަނިވި ގޮތަކަށެވެ.

އެއްރޭ ފިރިމީހާ އޭނާގެ ލޯބިވެރިޔާއާއެކު ހަނަފަސް ބިމުގައި ކޭމްޕުކުރިއެވެ. ދެ ރޭ އެމީހުން އެގޮތުގައި ހޭދަކުރިއެވެ. އެނބުރި ފިރިމީހާ ގެއަށް ދިޔައީ ލަހެއް ނުވެ، އާ ލޯބިވެރިޔާއާ ކައިވެނީގެ ގޮތުން ގުޅޭނެ ކަމަށް ވަޢުދު ވެފައެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި އަނބިމީހާގެ ފުރާނަ މޮޅު ގޮތަކަށް ހިފައި، އާ ކައިވެނީގެ ގޮށް ޖަހަން ރޭގަނޑުގެ އަނދިރި ކަމުގެ ތެރޭގައި ރާވައި ސިއްރު ދެމެހެއްޓުމަށް ދެ މީހުން އިގުރާރުވީ ދެ ހަށިގަނޑު އެއް ހަށިގަނޑެއްގެ ގޮތުގައިވާ ހާލުގައެވެ.

އޭގެ ހަފުތާއެއް ފަހެވެ. އޮފީހުން ފިރިމީހާ ގެއަށް އައިއިރު އަނބިމީހާ ހުރީ ދަންޖެހިފައެވެ. ފިރިމީހާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުލުހުން މައްސަލަ ތަހުގީގުކުރަން ފެށިއެވެ. އެމީހުންނަށް އަނބިމީހާ ލިޔެފައިވާ ސިޓީއެއް، އޭނާ ލައިގެން ހުރި ކޯޓުގެ ޖީބުން ފެނުނެވެ. އެ ސިޓީގައި ބުނެފައި އޮތީ އަނބިމީހާ އަށް ތަކުރާރުކޮށް ފިރިމީހާ އަށް ބޭވަފާތެރިވެވުމުން މަޢާފަށް އެދުމުގެ ހިތްވަރު ނެތިގެން މި ދުނިޔެއިން ވަކިވެގެން މިދަނީ ލަދާއި ހިތާމައާއެކުގައި ކަމަށެވެ. އެ ސިޓީގައި ފިރިމީހާގެ ކިބައިން ތަކުރާރުކޮށް މަޢާފަށް އެދިފައި އޮތެވެ.

އޭގެ ތިން މަސް ފަހުން ދުބާއީ ފުލުހުންނަށް ފާހަގަވި ކަންކަމަށް ބަލައި ފިރިމީހާ ހައްޔަރުކޮށް ތަހުގީގު ފުޅާކޮށްލިއެވެ. އޭގެ ދިހަ ދުވަސް ފަހުން ފިރިމީހާގެ އާ ލޯބިވެރިޔާ ހައްޔަރުކުރީ ދުބާއީ ދޫކޮށް ދިއުމަށް ފުލައިޓަށް އަރަން ދަނިކޮށެވެ. އެރޭ ދުބާއީ ފުލުހުންގެ ނިއުސް ކޮންފަރެންސެއްގައި މަރުގެ ހަގީގަތް ހާމަކުރިއެވެ. އަނބިމީހާ ދަންޖެއްސި ކަމަށް ވަނީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާ ވަޒީފާއަށް ދިއުމަށް ގެއިން ނުކުތީ އަނބިމީހާ ދަންޖައްސައި، ސިޓީއެއް ލިޔެ ކޯޓުގެ ޖީބަށް ލާފައެވެ. އެކަން ރޭވީ ހަނަފަސް ހިސާބުގައި ރޭގަނޑު ކޭމްޕުކޮށްގެން ތިބެ ފިރިމީހާ އާއި އޭނާގެ ލޯބިވެރިޔާއާ ދެމީހުންކަން ދެމީހުން ވެސް ތަހުގީގުގައި އިއުތިރާފުވިއެވެ. އިންޑިޔާގެ ނޫސްތަކުން މި ހާދިސާ ވަރަށް ތަފްސީލްކޮށް ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

ދެވަނަ ހާދިސާ މި ނަގަނީ އިންޑޮނީސިއާގެ ބާލީ އިންނެވެ. ޗިލީގެ ދެމަފިރިން އަހަރީ ޗުއްޓީއަށް ބާލީއަށް ދިޔައީ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އާ އަހަރު ފާހަގަކުރުމަށް މުޅި ބާލީ އޮތީ ނަލަހައްދާފައެވެ. ދެމަފިރިން އުފަލުގައި ބާލީގައި ހަފުތާއެއް ހޭދަކުރިތަނާ އާ އަހަރާ ކުރިމަތިވިއެވެ. އާ އަހަރުގެ ރޭ ފާހަގަ ކުރުމަށް ދިޔައީ ބީޗު ޕާޓީ އަކަށެވެ. މުޅި ބީޗު ސަރަހައްދު އޮތީ ތޮއްޖެހިފައެވެ. އާ އަހަރުގެ ކައުންޓްޑައުންގެ ވަގުތުގެ އިންތިޒާރުގައެވެ.

ކައުންޓް ޑައުނަށް ފަހު މަޖާ ފެށުނީއެވެ. ޗިލީގެ ދެމަފިރިން ވެސް މަޖަލުގެ ތެރެއަށް ގެއްލިއްޖެއެވެ. ނަށަމުންނެވެ. ފިރިހެން މީހާ ނަށަމުން ދަނިކޮށް އަތުގައި އެ ހިފީ ޒުވާން އަންހެނެކެވެ. ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަންހެނެކެވެ. އެދުނީ އެކުގައި ނަށާލުމަށެވެ. ފިރިހެން މީހާއަށް އިންކާރެއް ނުކުރެވުނެވެ. ދެމީހުން ނަށާ ވަރުބަލި ވެއްޖެއެވެ. އަންހެން ކުއްޖާ އެދުނީ އޭނާ ގެންގޮސް ހޮޓަލަށް ލައިދިނުމަށެވެ. ޓެކްސީއެއްގައި ދަތުރު ފެށިއެވެ. ވިއްސަކަށް މިނިޓް ދުއްވި ފަހުން ހޮޓަލަށް ދެވިއްޖެއެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ދެމީހުން އެކީ ކޮޓަރިއަށް ވެސް ވަނީއެވެ. ދެން ހިނގި ކަންކަން މި ވަގުތަށް ދޫކޮށްލީއެވެ. ފިރިހެން މީހާއަށް ހޭވެރިކަންވީ ޖެހިގެން އައި ދުވަހު މެންދުރުވާން އުޅެނިކޮށެވެ. އަނބިމީހާގެ މަތިން ހަނދާންވީ އެހިސާބުންނެވެ. ފިރިހެން މީހާ ކޮޓަރިން ނުކުންނަން ފެށުމުން ފޯނު ނަމްބަރު ލިޔެފައި އޮތް ކަރުދާސްކޮޅެއް ދިއްކޮށްލަމުން އަންހެން ކުއްޖާ ބުންޏެވެ؛ މިރޭވެސް އިންތިޒާރުކުރާނަމެވެ.

ފިރިހެން މީހާ ގޮސް ހޮޓަލަށް ވަންއިރު އަނބިމީހާ ރިސެޕްޝަންގެ ގޮނޑިއެއްގައި އިނެވެ. ފިރިމީހާ ފެނުމުން ދޮމުން، ދުވަމުން ގޮސް ބައްދާލިއެވެ. އަދި ދެން ދުވަހަކު ވެސް އޭނާ ދޫކޮށް ނުދިއުމަށް ތަކުރާރުކޮށް އެދުނެވެ. ފިރިމީހާއަށް ހަމައެކަނި ބުނެލެވުނީ "އިޓްސް އޯކޭ" އެވެ.

އެރޭ އަނބިމީހާ ނިދުމުން އެ ނަމްބަރަށް ގުޅިއެވެ. އެ ކޯލު އެތައް އިރަކަށް ދެމިގެން ދިޔައެވެ. ދެކޮޅުންވެސް ދެއްކީ އިޝްގީ ވާހަކަތަކެވެ. އުފަލުން ތިބެއެވެ. ފަތިސްވާން ކައިރިވުމުން ދެމީހުން ބައްދަލުވާން ނިންމިއެވެ. މިފަހަރު ފިރިހެން މީހާ އެދުނީ އޭނާ އުޅޭ ހޮޓަލަށް އަންހެން ކުއްޖާ ދިއުމަށެވެ. އެއްބަސްވިއެވެ. ފިރިހެން މީހާ ތިރިއަށް ގޮސް އެހެން ރޫމެއް ހަމަޖައްސައި ޕޭމަންޓް ނުހެދި އުޅެނިކޮށް އަންހެން ކުއްޖާ އައިސް ހޮޓަލަށް ވަދެއްޖެއެވެ.

ފިރިހެން މީހާއަށް ހޭވެރިކަންވީ އަނބިމީހާ ހޭލައިގެން ހެނދުނުގެ ނާސްތާއަށްދާން ތަކުރާރުކޮށް ގުޅަން ފެށުމުންނެވެ. އެދުވަހު ފިރިމީހާ މާގިނައިން ފޯނުގައި ހޭދަކުރުމާއި އިރުއިރުކޮޅުން މެސެޖް ކުރާތީ އަނބިމީހާ އެކަމާ ސުވާލުކުރިއެވެ. ފިރިމީހާގެ ކިބައިން ސާފު ޖަވާބެއް ނުލިބެއެވެ.

އެދުވަހުގެ އިރު އޮއްސުމާއެކު ފިރިމީހާ އެކަނި ބޭރަށް ދިއުމުގެ ހުއްދައަށް އެދުނެވެ. ރައްޓެހިންނާއެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށެވެ. އަނބިމީހާ ހުއްދަދިނެވެ. ޝައްކުގެ ހިތަކާއެކުގައެވެ.

ރޭގަނޑު އަށެއް ޖަހާލާހާއިރު މާބޮޑަށް ބަނޑުހައިވުމުން ހޮޓަލާ މާދުރު ނޫން ހިސާބުގައި ހުރި ސީފުޑް ރެސްޓޯރަންޓަކަށް ދިޔައެވެ. އެތެރެއަށް ވަނުމުން، ލޮލުގައި އަޅައިގަތީ ފިރިމީހާ ޒުވާން އަންހެން ކުއްޖަކާއެކު މޭޒެއް ކައިރީގައި އިން ފިރިމީހާއެވެ. ފިރިމީހާއަށް ވެސް އަހަރެން ފެނުނެވެ. އަހަރެން އަވަހަށް ނުކުމެގެން ދިޔައީ ހޮޓަލަށެވެ. ކޮޓަރިއަށްވަދެ، ފުލުފުލުން ފިރިމީހާއަށް މެސެޖްކޮށް ފޯނުކުރަން ފެށުމުން ފިރިމީހާ ފޯނު ނިއްވާލިއެވެ. އެކަމާ ހިތުގައި ޖެހި، އައި ރުޅިން ދުވަމުން ކަހަލަ ގޮތަކަށް އެ ރެސްޓޯރަންޓަށް ދިޔައިރު ފިރިމީހާވެސް އެ އަންހެން ކުއްޖާ ވެސް އެތާކު ނެތެވެ.

ފިރިމީހާ ހޮޓަލަށް އައީ އެއް ދުވަސް ފަހުންނެވެ. ސުލްހައިގައި ދެމީހުން ވާހަކަ ދެއްކައި ލޯބިކުރުމަށް ފަހު އެރޭ ރަށުތެރޭގައި ހިނގާލަން ދާން ނިންމިއެވެ. އިރުއޮއްސި އަނދިރިވުމުން ދެމީހުން އެކުގައި ހޮޓަލުން ނުކުމެގެން އަތުގުޅާލައިގެން ހިނގަމުން ދިޔައެވެ. އަނދިރި ގޯޅިއަކުން، މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ކުއްލިއަކަށް ދެމަފިރިންނަށް ހަމަލާދިނެވެ. އަތުގައި ހުރި ލާރިއާއި ގަހަނާތައް ގަދަކަމުން އަތުލިއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އެމީހުން ދަމުން އަނިޔާވެރިކަމުގެ އިންތިހާއަށް ދިޔައެވެ. އަނބިމީހާގެ ބޮލާއި ހަށިގަނޑުގެ އެތައް މިތަނުގައި ލަޓިބުރިން ތެޅިއެވެ. ހޭވެރިކަން ނެތި، ހަށިގަނޑުން ހަކަތަ ހުސްވަންދެނެވެ.

ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައިރު އަނބިމީހާގެ ފުރާނައެއް ނެތެވެ. މިކަން އިންޑޮނީޝިއާގެ ފުލުހުންނާއި ޗިލީ ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން ދިޔަ ވަރަކަށް އެމަރު ގޮސް ގުޅެނީ ފިރިމީހާއާއެވެ. އެއީ ތަހުގީގަށް ހައްޔަރުކޮށްފައި ތިބި ހަތަރު މީހުން ވެސް އެކަން ކުރީ ފިރިމީހާ ފައިސާ ދިނުމުންކަމަށް ބުނާތީއެވެ. އަދި އެކަން ރާވައި ފައިސާގެ މުޢާމަލާތް ހިންގިއިރު އެހެން އަންހެނަކުވެސް ހުރިކަން ތަހުގީގަށް އެނގުނެވެ. އެއީ ފިރިމީހާގެ ޒުވާން ލޯބިވެރިޔާއެވެ. މޮރޮކޯގެ އަންހެނެކެވެ. އެންމެ ފަހުން އެދެމީހުން ހައްޔަރުކޮށް ޖަލަށްލިއެވެ.

ރާއްޖޭގެ އައިޖީއެމްއެޗް ހޮސްޕިޓަލެވެ. ޕިލިޕީންސްގެ ޒުވާން އަންހެން ނަރުހަށް ވަޒީފާ ލިބުމުން ފިރިމީހާއާއެކު ރާއްޖެ ދިޔައީ ފައިސާ ޖަމާކޮށް މުސްތަގުބަލު އުޖާލާކުރުމުގެ ފޮނި އުންމީދުގައެވެ. ދެމީހުން އެކުގައި ދުވަސްތައް ހޭދަވަމުން ދިޔައީ އުފަލުގައެވެ. ފިރިމީހާއަށް ދިވެހި އަންހެން ކުއްޖެއް ދެކެ ލޯބިވެވެންދެނެވެ. އަނބިމީހާގެ ފުރާނައަށް ވުރެވެސް އެ ލޯބި މާގަދަ ވެއްޖެއެވެ. އެންމެ ފަހުން އަނބިމީހާ މަރާލީއެވެ. ފުލުހުން ބުނަނީ އެ މަރު ވެސް ހިންގާފައި ވަނީ ދިވެހި ލޯބިވެރިޔާއާ ގުޅިގެން ކަމަށެވެ. ދެމީހުންވެސް އެތިބީ ހައްޔަރުކޮށްފައެވެ. މިއީ ވެސް ލޯބީގެ ޑައިޑީގައި ރަތް އަކުރުން ލިޔެލެވޭނެ ހާދިސާއެކެވެ. ލޯތްބަށްޓަކައި ލޯބި މަރަނީއެވެ. ދިރިއުޅުން ކަފުންކުރަނީއެވެ. ކޮން ފަދަ މޮޔަ ދުނިޔެއެއް ހެއްޔެވެ؟

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. Dhivehi anhendhun vs hith dhenee meehunge firin nashey ma firiheehaa fahathun vs gola ah avalaigen miulhenee. Aeyna beybemen kaiteega bunefin koko hifahataashey. Aeyna beybe men bunee ae kokoge kaamiyyaabu kamo. Dhn keah kuraanee.

    1. ކަނބުލޯ ތިމީހާގާތުން ސަލާމަތްވޭ. ބޭވަފާތެރި ފިރިޔަކާއެކު ދިރިއުޅުން ބޭކާރު ނުކުރޭ. އޭނަ ވަފީ ވަރި ނުކޮށް ހުރެދާނެ ދަރިންބަލާ، ކައްކާ ކާން ހަދާ ދޮވެ އިސްތިރި ކޮށް ހަދާތީ ކަމަށް. މިއުޅޭ ގިނަ ފިރިހެނުންނަށް އަންބަކަށް ވުރެ މެއިޑެއް ބޭނުމީ.
      އަތުންފައިން ކަމެއްކުރަން ނޭނގޭހާ އިއްޒަތުގަ ދިވެހި ފިރިހެނުން ބޮޑުވަނީ. މަންމަޔަށް ނުކަތާވަރުވީމަ މީހަކާ އިންނަން ކިޔާތީ އިންނަނީ. ހުރިހާ ދެރައެއް އަނބިމީހާއަށް. ދެން އުޅޭނެ ފިރިހެނުން އަތުން އެއްޗިހި ހޯދާ ބޭރުން ކައިބޮއި ހަދާ ބަޑި އަންހެންކުދިން. ބަލާލަން ރީތިވީމަ ގެންގުޅެނީ. ބައެއް ބަޑިން ބޭނުންވާނެ އިންނަން. ދެން އޭނަގެ އުނދަގޫ ޖެހޭނެ އަނބިމީހާއަށް ވެސް.

  2. އެހެން ލިބިގަންނަ ި ދިިިރި އުޅުން ބާއްޖަ ވެރި ވާނެ ކަމަށް އުންމީދު ނުކުރާށެވެ.
    އޭގެ ހިތި ނިމުން ފެންނާނެ.

  3. ތިޔައީ ލޯތްބެއްނޫން. އަމިއްލަ އެދުން. މާ ރޮމެންޓިކް ބަތަލުން ތަކަކަށް އެފަދަ ގާތިލުން ނަހަދާ. އެ ފިރިހެނުންނަށް އަނބިމީހާ ވަރިކުރާކަށް ނުކެރޭނެ އޭނަ އެހެން މީހަކާ އިނދެގެން އުފަލުގަ އުޅޭތަން ދެކެން ބޭނުން ނުވާތީ. އެކަމަކު އަނބިމީހާ އުފަލުގަ ބެހެއްޓޭނެ ގާބިލުކަމެއް ނުހުރޭ ހިލޭ އަންހެނުންނަށް ބެލޭތީ. ބައެއް ފިނޑިން އަނބިމީހާ މަރާއިރު ދެން ތިބި މީހުން ނަމަކަށް ކައިވެނި ކޮއްގެން އަނބިމީހާ ފިޔަވާ ހުރިހާ އަންހެނުންގައިގަ ކޭއްތިގެން އުޅެނީ. އެފަދަ ފުރިހެނުން ހިތާވާ ކޫޑި އަންހެނުންހާ ގަމާރު ބައެއް ނުތިބޭނެ. އަނބިމީހާއާ މެދު ކަންކުރިގޮތަށް އޭނައާމެދު ވާނެކަން ހިތަށްްނާރާ

    1. އަހަރެންގެ ފިރިމީހާ ހާދަ ރަނގަޅޭ އެހެންވީމަ…ހުރަހާ ފިރިހެނުން ނަކީ އަދި ރީތި ކުއްޖަކު ފެންނަށް އިރަށް އެހެން އުޅޭނެ ބައެއް ނޫން..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *