logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޕަރިނީތީގެ "ޗަމްކީލާ" ނެޓްފްލިކްސް އަށް ނިކުމެއްޖެ.

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ދިލްޖިތް ދޮސަންޖް ލީޑް ރޯލުން ފެނިގެންދާ ފިލްމު "އަމަރު ސިންގް ޗަމްކީލާ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.

ޑައިރެކްޓަރު އިމްތިއާޒް އަލީގެ "ޗަމްކީލާ" އަކީ އިންޑިއާގެ ޕަންޖާބްގެ ކުރީގެ މަޝްހޫރު މިއުޒިކީ ދެމަފިރިން ކަމަށްވާ އަމަރު ސިންގް ޗަމްކީލާ އާއި އަންހެނުން އަމަރުޖޯތު ކޯރްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އަމަރް ސިންގް އަކީ ލަވަ ކިއުމުގެ އިތުރުން ލަވަ ލިޔެ އަދި ލަވަ ކޮމްޕޯޒްވެސް ކުރި ކުޅަދާނަ ލަވަކިޔުން ތެރިއެކެވެ.

އެގޮތުން، މި ފިލްމު ސިނަމާތަކުގައި ނޭޅުވިނަމަވެސް ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލުމުގެ ކުރިން، ބޮލީވުޑްގެ ފަންނުވެރިންނަށް ހާއްސަކޮށްގެން މި ފިލްމު ވަނީ ސްކްރީންކޮށްފައެވެ. އަދި ތަރިންގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބެމުން އަންނައިރު، ބެލުންތެރިންވެސް ވަނީ ތައުރީފްކޮށްފައެވެ.

އަމަރް މަރާލާފައިވަނީ އޭނާގެ އުމުރުން އެންމެ 27 އަހަރުގައި 1988 ވަނަ އަހަރުގައެވެ. އޭނާ މަރާލީ މޮޓޯސައިކަލިސްޓް ގޭންގަކުންނެވެ. ނަމަވެސް މިހާތަނަށްވެސް ފުލުހުންނަށް ވަނީ އެކަން ކުރި މީހުން އަތުލައި ގަނެވޭގޮތް ނުވެފައެވެ.

"ޗަމްކީލާ" އަކީ ހުނަރުވެރި ޕަންޖާބީ އެކްޓަރު ދިލްޖީތާއި ޕަރިތީނީ އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

2011 ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ އެންމެ ފަހުން ފެނިގެންދިޔައީ އޮކްޓޯބަރު މަހު ރިލީޒްކުރި "މިޝަން ރާނީގަންޖް" އިންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ