logo minivan

English

އާދިއްތަ, 26 މެއި 2024

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނެގިތޯ ބަލަނީ

ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގެ ތަހުގީގަށް އިތުރު ބައެއްގެ އަތުން ފައިސާ ނެގިތޯ ސާފުކޮށް ދޭން އާންމުންގެ ފަރާތުން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން، ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކަވާފައިވާ ފަރާތެއްވާނަމަ އެކަން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް ކާރު ފަދަ ވެހިކަލްތައް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ލަނޑުތައް ލިބި، އެފަދަ ވާހަކަތައް ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *