logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އީރާނުން ޔަހޫދީ އިޒްރޭލަށް ހަމަލާދެނީ

ބިރެއް ނެތި އީރާން އޮތީ އިޒްރޭލާ ދެކޮޅަށް ދޭން ޖެހުނު ކޮންމެ ހަމަލާއެއް ދޭން ތައްޔާރަށް

އީރާނުން ޔަހޫދީ އިޒްރޭލަށް ހަމަލާ ދީފާނެ ކަމަށް ބެލެވޭ އިންޓެލިޖެންސް މަޢުލޫމާތު އެމެރިކާއަށް ލިބުމާއެކު އިޒްރޭލުން ދިޔައީ ދިފާއަށް ވަރުގަދަ އަށް ތައްޔާރުވަމުންނެވެ. އިޒްރޭލުގެ އަސްކަރީ ދިފާއީ ނިޒާމް އީރާނަށް ފޫއަޅުވާނުލެވޭނެ ކަމަށް ހުޅަނގުގެ މީޑިޔާތަކުން އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ގެންދިޔައީ ބުނަމުންނެވެ. އެހެންނަަމވެސް، އީރާނުން ޒަޔަނިސްޓު އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއްދީ, ހުޅަނގާއި އިޒްރޭލަށް ސިހުން ގެނެވާފަދަ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިއީ ކުރިން އިންޒާރުދީގެން ދިން ހަމަލާތަކެކެވެ. މި ހަމަލާއަކީ އޭޕްރިލް 1 ވަނަ ދުވަހު ޔަހޫދީ ފައުޖުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ, އީރާނުގެ ހަތް ސިފައިން ޝަހީދުކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމަށް އީރާނުންކުރިންބުނެފައިވެއެވެ.

ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާދޭން އީރާނުން 300އެއްހާ ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވެއެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު ޔަހޫދީން ވަނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަތިޔާރު ދިފާޢުކޮށް ވައްޓައިލާފައެވެ.

އީރާނުގެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ޔަހޫދީ އިސްރާއީލުން ހާމަކޮށްފައިނުވި ނަމަވެސް, މި ޙަމަލާތަކުގައި ޒަޔަނިސްޓުންގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވި ކަމަށާއި, ހަތް އަހަރުގެ ކުއްޖަކު ޒަޚަމުވި ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. ގެއްލުންވެފައި ވަނީ އިސްރާއީލުގެ ދެކުނުގެ ރަށެއްގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ.

އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި މި ވަނީ, މި ފަދަ ޙަމަލާއެއް ދިފާޢު ކުރުމަށް ތައްޔާރުވުމުގެ ގޮތުން ޔަހޫދީން ފިޔަވަޅުތައް އަޅަމުންދިޔަ ދަނޑިވަޅެއްގައެވެ. މި ގޮތުން, އީރާނުގެ ޑްރޯންތަކާއި މިސައިލްތަކަށް އޮޅުވައިލުމުގެ ގޮތުން ޔަހޫދީން ވަނީ ރަށްތަކުން ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލާފައެވެ. އަދި, ސިފައިންނަށް ޗުއްޓީ ދިނުން މެދުކަނޑައިލައި, ރިޒަރވް ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

އީރާނުން މިސައިލާއި ޑްރޯންތައް އުދުއްސައިލުމާ އެކު, ޔަހޫދީންގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަން ފެށިއެވެ. އަދި, ތެލް އަވީވާއި ހުޅަނގު ބައިތުލްމަޤްދިސް ފަދަ ރަށްތަކުގައި ދިރިއުޅޭ ޔަހޫދީން ވަނީ, "ސޭފް ރޫމާއި" ބިންގަރާސް ފަދަ ތަންތަނަށް ވަދެ, ރައްކާތެރި ކަން ހޯދާފައެވެ. އެ ދެ ރަށް ވަނީ މިސައިލާއި ޑްރޯންގެ އަޑުފައްގަނޑުން ގުގުމައިލާފައެވެ.

ޒަޔަނިސްޓު އިސްރާއީލަށް ޙަމަލާ ދޭން އީރާނުން ފޮނުވައިލި މިސައިލާއި ޑްރޯންތައް އުދުއްސައިލާފައި ވަނީ ހަމައެކަނި އީރާނުގެ ސަރަޙައްދަކުން ނޫނެވެ. ޢިރާޤާއި ޔަމަނުގެ ސަރަޙައްދުގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ ފައުޖުތަކުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތައް އުދުއްސައިލާފައެވެ.

މިއީ, ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ, އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދިނުމުން, ޔަހޫދީން ވަނީ ބިރުން ފިތްކެނޑި, ތެޅިފޮޅެން ފަށާފައެވެ.

އދގައި ހުންނަ އީރާނުގެ މިޝަނުން ބުނީ, އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލި ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ޔަހޫދީންގެ ރަށްތަކަށް ދީފައިވާ ޙަމަލާއާ އެކު, މި މައްސަލަ ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލު ކުރާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން އިތުރު ގޯހެއް ހަދައިފި ނަމަ, އީރާނުން އަނެއްކާ ވެސް ރައްދުގައި ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައެވެ.

މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައި ވަނީ, ޔަހޫދީ ފައުޖުން އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. އަދި, ދިމިޝްޤަށް ޙަމަލާދީ ޔަހޫދީ ފައުޖުން އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލުމާ އެކު, މަސްރަޙު މި ވަނީ އިތުރަށް ހޫނުވެފައެވެ. އަދި, މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައެވެ.

އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުމުން އެމެރިކާއާއި, އިނގިރޭސިވިލާތާއި, ޗެކް ރިޕަބްލިކާއި, ޑެންމާކާއި, ފަރަންސޭސިވިލާތާއި, މެކްސިކޯގެ އިތުރުން ނެދަލެންޑްސާއި ނޯވޭން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. ސަޢޫދީ ޢަރަބިއްޔާއާއި މިޞްރުން ވަނީ ޙަމަލާތައް މަޑުޖައްސައިލައި, ސިޔާސީ ހައްލެއް ހޯދަން ގޮވައިލާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ އީރާނުގެ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު ދްމީތްރީ ޕޮލިޔަންސްކީ ވިދާޅުވީ, އިސްރާއީލަށް ޙަމަލާ ދީފައި ވަނީ އަމިއްލަ ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކަމަށް ބުނެ އީރާނުން އދގެ ސަލާމަތީ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައެވެ. އަދި, އިސްރާއީލުން ރައްދު ދީފި ނަމަ, އިތުރު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ކަމުގައެވެ.

އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަދި, ޔަހޫދީންގެ ފުރާނައާއި މަސްލަޙަތު ހިމާޔަތް ކޮށްދިނުމަށް އެމެރިކާއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ޢުދުވާން ހިންގަމުން ދަނީ ބައިޑަންގެ ރުހުމާއި އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.

އިރާންގެ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލުމުގެ ބަދަލެއްގެ ގޮތުގައި ރޭގައި ވަރުގަދަ މިސައިލް ޙަމަލާތަކެއް އިޒްރޭލަށް އަމާޒުކޮށް އީރާނުން ވަނީ ފޮނުވާލާފައެވެ.

ދުރާލާ އިންޒާރު ދިނުމަށް ފަހު، އީރާނުން ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ދިން ޙަމަލާތައް ހުއްޓުވުމުގެ ޤާބިލްކަން އިޒްރޭލްގެ އަޝްކަރިއްޔާގައި ހުރިކަމަކަށް ނުވިއެވެ. މިސައިލްތައް އަޝްކަރީ ބޭސްތަކާއި، މުހިންމު ސަރަޙައްދުތަކަށް ވަނީ އަރާފައެވެ. ރޭގައި ދިން ޙަމަލާތަކުގެ ވީޑިއޯ ފުޓޭޖްތަކުން ފެންނަގޮތުގައި އިޒްރޭލްގެ އަޔަން ޑޯމަށް ޙަމަލާތައް ނުހުއްޓުވި ރަށުތެރެއަށް ވެއްޓޭ މަންޒަރުތައް ފެނެއެވެ. އަދި ބާރުގަދަ ގޮތުންތަކުގެ އަޑުފައްގަނޑު ތައްލަވީވްގެ އެކި ސަރަަޙައްދުތަކުގައި ގުގުމާލާފައި ވާކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އީރާނުން އިޒްރޭލަށް ޙަމަލާދިނުމުން އެކަމުގެ އުފާ ފައުޅުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ޖަމާވެފައި ވެއެވެ. އަދި އީރާނަށް ތަޢުރީފުކޮށް ވާހަކަދައްކާ ސާބަސް ދީފައި ވެއެވެ. މެދުއިރުމަތީގެ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުގައި އީރާނުގެ ޙަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެއެވެ. އިޒްރޭލް ސިފައިން ރަފާއަަށް އެއްގަމުމަގުން ޙަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި މިއީ އެމީހުންގެ މުޅި ދިފާޢު އީރާންގެ ޙަމަލާތައް ހުއްޓުވުމަށް ދިއްކުރާންޖެހޭނެ ޙާލަތެެއް ކަމަށް ބެލެވެއެވެ. އަދި ހަމާސްގެ ޙަމަލާތައް ވެސް ވަރުގަދަ ކުރާނެކަމަށް ބެލެވެއެވެ.

އީރާންގެ ޙަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސީދާ ހިސާބެއް އަދި އިޒްރޭލުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިލިޓަރީ އެއާޕޯޓާއި، މުހިންމު އަޝްކަރީ މަރުކަޒުތަކެއްގައި ހުޅުގަނޑު ފަޅައިގެން ގޮސް އަނދާ މަންޒަރުތައް ފެނިފައި ވެއެވެ. އީރާނުން ވަނީ ދުރުރާސްތާ ބެލެސްޓިކް މިސައިލް އާއި ޑްރޯން ވެސް ބޭނުންކޮށްފައެވެ. އެހެންކަމުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އަންދާޒާކުރެވެއެވެ. އަދި އިތުރު ޙަމަލާތަކެއް ދީފާނެތީ، އިޒްރޭލުން ދިފާޢީ ވިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިޒްރޭލްގެ އެންމެ ގާތް މަދަދުގާރުން ކަމަށްވާ އެމެރިކާ އާއި އިނގިރޭސި ވިލާތުން އަޝްކަރީ އެހީތެރިކަން ދިނުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އެހެންކަމުން މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *