logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ހިޔާ ފްލެޓްގެ ބައެއް ޓަވަރު

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ކޮންމެ ހިޔާޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

ހިޔާ ޓަވަރު 2ގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވޭ މަސައްކަތާއި، ދިމާވާ އެކި މައްސަލަތައް ހައްލުކޮށް ފަސޭހަ މާހައުލެއް ގާއިމްކުރުންކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ރައީސް ވެވަޑައިގެން ވައުދުންވެސް އެކަން ހާމަވެގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަތް އޮތް 1 އަހަރު ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފަޒުލް ވިދާޅުވީ މި މަސައްކަތުގެ އިތުރުން ހުޅުމާލޭގެ ފޭސް 1 އަދި 2 ގައިވެސް ރަނގަޅު ކުރަން ހުރި ކަންކަން ކުރުމާއި ކުރަން ހަމަޖެހިފައިވާ އިތުރު މަސައްކަތްތަކުގެވެސް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ މެންޑޭޓުގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަސައްކަތަކީވެސް އެ ކޯޕަރޭޝަނުން ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ކަމެއްކަމަށް ފަޒުލް ވިދާޅުވިއެވެ.

"މިއަދު ހުޅުމާލޭގެ ހިޔާ ސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި މިފެށޭ މަސައްކަތުގެ އަލީގައި އަޅުގަނޑު ދައްނަވާލާނީ ހުޅުމާލެ 1 އަދި 2ގައިވެސް މިގޮތައް ދިމާވެފައި ހުރި މައްސަލަތައް، އެއީ ޕާކިން މައްސަލަކަމުގައިވިއަސް ހައުސިންގ މައްސަލަވިޔަސް، ލައިޓިން މައްސަލަވިޔަސް، ނޫނީ ހުޅުމާލޭގައި ދިރިއުޅެން ދިމާވާ ދަތިތައް ނޫނީ ޓްރެފިކްގެ މައްސަލަ ހައްލުކުރުންކަމަށްވިޔަސް، އަޅުގަނޑުމެން ވާނީ މަސައްކަތް ފައްޓާފައި" ފަޒުލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ 1 އަހަރު ދުވަހުން މަސައްކަތް ނިންމުމަށް އަމާޒު ހިފާފާ ވާއިރު އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލުކޮށް، ވީ އެންމެ އަވަހަކަށް ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ކަންބޮޑުމަށް ލުޔެއް ގެނެސް ދެއްވުމަކީ ކުރުން މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

" އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަޤްސަދަކީ ދެން ފެށޭ މަޝްރޫއުތަކުގައި އަޅުގަނޑުމެން އެކަމަށް ރިޔާއަތްކޮށް ވީހާވެސް ބޮޑައް އަރާފޭބުމަށާއި ރައްޔިތުންނަށް ތަކެތި އަރާ ބޭލުމަށާއި އަދި ސްޓްރެޗާގައި އަރާ ބާލަން ޖެހޭ ފަރާއްތަކަށް ފަސޭހަވާނެ ގޮތަކަށް ލިފްޓްތަކެއް ހަރުކުރުން އަޅުގަނޑުމެން އެ މިންގަނޑު ދަމަހައްޓާނަން" ޙައިދަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 3 ނުވަތަ 4 ލިފްޓުހުރެއެވެ. އެހެންނަމަވެސް މި ޓަވަރުތަކުގައި ލިފްޓްތައް މަދުވުމުގެ ޝަކުވާއަކީ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންގެ ބޮޑު ޝަކުވާއެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *