logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޙަޤީޤަތާ ދުރު ކަންކަމުގައި މަސްއޫލުވެ އުުޅުމުން ދުރުވާންޖެހޭ: ހުތުބާ

"ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތައްތަކުން ދުރުވުން" އެކަމުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަ ކުރެވޭވަރަށް މިއަދު މުޅި ދުނިޔޭގައިވެސް އެކަން ފާހަގަ ކުރެވިފައިވާކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ "މުއުމިނެއްގެ ސިފަތައް" މި މައުލޫގެ މައްޗަށެވެ.

މުއުމިނެއްގެ ސިފަތަކާ ބެހޭގޮތުން ހުތުބާގައި ބުނީ މުއުމިނެއްގެ ފުރަތަމަ ސިފައެއްގެ ގޮތުގައި ކީރިތި ޤުރުޢާނުގައި މާތްﷲ ގެންނަވާފައިވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމެވެ. ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދުގައިﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުއްމީދުގައި ތިބެ އެކަލާނގެ އަޒާބަށް ބިރުވެތިވެ ނަމާދުގައި ޚުޟޫޢަތްތެރިވާ މީހުންނެވެ.

މުއުމިނެއްގެ ދެވަނަ ސިފައެއްކަމުގައި ގެންނަވާފައިވަނީ ބޭކާރު ބވާހަކަތަކާއި ކަންތައްތަކުން ދުރުވުމުގެ ވާހަކައެވެ. ހުކުރުު ހުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން  ގިނަ ބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޢޫލުވެ އުޅުމަކީ ދެރަކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ ހަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫންކަމަށާއި، ތިބާ ލިޔެމ ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތްދުވަހު  އެއާމެދު ސުވާލު ވެވޭނޭ ޖުމްލައެއް ކަމަށެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދަންޖެހޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށްފަހު އެ ވާހަކައެއް ބުނުމާމެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެބައިމީހުންނަކީ ބޭކާރު ބަސްތަކާއި ކަންކަން ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަ އަޅައިދާ މީހުންނެވެ"

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *