logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވީއައިއޭއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފި

މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި ކަރަންޓް ކަނޑައިގެންދިއުމުގެ މައްސަލަ މުޅިން ހައްލުވެ ނިމިފައިވާކަމަށް ވީއައިއޭއިން ބުނެފިއެވެ.

ވީއައިއޭއަށް ކަރަންޓް ދިނުމުގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރު ސެޓްތަކަކަށް މައްސަލައެއް ދިމާވެ، މިއަދު ހެނދުނު 08:30 އިން ފެށިގެން ކަރަންޓް ކަނޑައިގެން ދިމުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރައި ފްލައިޓްތައް ޑިލޭކުރަން ޖެހިފައެވެ.

މިނިވަންއާ ވާހަކަދައްކަވަމުން ވީއައިއޭގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓްގައި ހެދުނު ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަންތައް ލަސްވެގެން ދިޔަނަމަވެސް މިހާރު އާއްމު ހާލަތަށް އައި އޮޕަރޭޝަންތައް ފަށައިގެން ކުރިއަށްދާކަމަށެވެ.

ވީއައިއޭގައި ހުރި މިނިވަންގެ ރިޕޯޓަރަކު ބުނީ އެއާޕޯޓުން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން، ސިސްޓަމްތަކުން ޕްރޮސެސްކުރަންޖެހޭ ކަންކަން ހުއްޓުމަކަށް އައުމުން ވައިގެ ދަތުރުފަތުރުތައް ހުއްޓި، އެއާޕޯޓް ތެރޭގައި ވަރަށްގިނަ ދަތުރުވެރިންތަކެއް މަޑުކުރަންޖެހި އެއާޕޯޓް ތޮއްޖެހުމަކަށް އައިކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *