logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހިރިލަންދޫގައި 2000 ޓަނުގެ ބޮޑު މަސް ފެކްޓަރީއެއް އެޅުމަކީ މެމްބަރު ނާނުގެ ތަސައްވަރެއް!

ހަގީގަތް ގަބޫލުކުރަމާ ހެއްޔެވެ؟ ތ. ކިނބިދޫ ދާއިރާ ރާއްޖޭގެ ތަރައްގީގެ ނާރެހުން ނެއްޓިގެން ގޮސްފައި ވަނިކޮށް އެ ދާއިރާއަށް ތަރައްގީގެ އާ ކުލަވަރެއް ގެނެސްދީ ދިރުން ގެނެސްދިނުމުގެ އެންމެ މުހިއްމު މޭސްތިރިއަކީ މިހާރު އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ނާޝިޒް (ނާނު) އެވެ.

މިފަހަރު މި މިބަލާލަނީ މިދާއިރާގެ 5 ރަށުގެ ތެރެއިން ހަމައެކަނި ހިރިލަންދޫއަށެވެ. އަތޮޅުގެ އެންމެ މަސްވެރި، މަސައްކަތތެރި ރަށެވެ. އެ ރަށުގުގެ ޒުވާނުން ނުހަނު ބޭނުންވެފައިވާ ޒަމާނީ ވޮލީ ކޯޓާއި، ފުޓްސަލްދަނޑާއި އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކު އަޅައިދެއްވީ އެމްޑީޕީ ވެރިކަމުގައި ނާނުގެ މަސައްކަތުންނެވެ. އަދި ނުނިމެއެވެ. ރަށުގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ބިން ހިއްކަން ފެށިއެވެ. ރަށުގެ މުހިއްމު މަސައްކަތްތައް ކުރުމަށް ބޭނުންވާ ސިނާއީ ބިމާއީ މީހުން ދިރިއުޅެން އަލަށް ގޯތި ދޫކުރާނެ ޖާގަ ނެތުމުގެ ނުތަނަވަސްކަމުގެ ވާހަކަ މެންބަރާ ހަމައަށް ރައްޔިތުން ގެންދިއުމާއެކު، ދައުލަތުގެ ބަޖެޓުގައި އެކަން ހިމަނައިދީގެން ހިއްކި ބިން މިހާރުވެސް އެއޮތީ ފެންނާށެވެ. ދެން އޮތީ ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވެފައިވާ ރަށުގެ ތަޢުލީމާ ގުޅޭ މުހިއްމު މައްސަލައެކެވެ. އެއީ ކްލާސްރޫމުތައް އޭސީކުރުމެވެ. އެކަން ވެސް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ގުޅިގެން ލަހެއް ނެތި އެހުރީ ކޮށްނިންމަދީފައެވެ. އަދި ޒަމާނީ ފެންވަރުގެ ތިން ބުރީގެ އާ ސްކޫލް އިމާރާތާއި މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްދަނީ ބާރަށް ކުރިއަށެވެ. އަދި ދާއިރާގައި މިހާތަނަށް ބެހެއްޓި ފުރަތަމަ އޭޓީއެެމް ވެސް ބަހައްޓާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނެވެ.

ދެން އޮތީ ނާނުގެ މަސައްކަތުން ހިރިލަންދޫއަށް ހާއްސަކޮށްގެން މިއަހަރު ދަޢުލަތުގެ ބަޖެޓުގައި ހިމަނައިދިން އެންމެ މުހިންމު މަޝްރޫޢުއެވެ. އެއީ 2000 ޓަނުގެ މަސް ފެކްޓަރީއެއް ހިރިލަންދޫގައި އަޅަން ނިންމާ ބަޖެޓްގައި ޖަހައި ބަޖެޓް ފާސްކުރުމުވެ. ނާޝިޒަކީ މިދިޔަ ފަސް އަހަރުވެސް މާލީ ކަންކަމާބެހޭ ކޮމެޓީގެ މުޤައްރަރުގެ އިތުރުން ވޭތުވެދިޔަ 5 އަހަރުވެސް ބަޖެޖް ކޮމެޓީގެ މުޤައްރިރެވެ.

"އަސްލު އަހަރެމެން ރަށަށް ނާނު ކޮށްދީފަ ހުރި ކަންކަން ވަރަށް ގިނަ. މެންބަރުކަމުގައި އަބަދުވެސް ރަށުގެ ކަންކަން ވަރަށް އިސްކަމެއް ދީގެން ބަލަމުން ގެންގޮސް، ބޮޑެތި ޕްރޮޖެކްޓްތައް ހިންގައިދީފައި އެބަހުރި. ހިރިލަންދޫގެ އެއްވެސް މީހަކަށް ނުކެރޭނެ މިއީ ދޮގެކޭ ބުނާކަށް. ނާނުގެ މެންބަރުކަމުގައި ލިބުނު ކުރިއެރުން އަދި އެންމެ ފާހަގަކޮށްލެވެނީ. ސިޔާސީ ކަންކަން އެއްކައިރިކޮށްފަ ވިސްނާލީމަ މިކަން ވަރަށް ބޮޑަށް ސާފުވާނެ، ހަގީގަތުގައި ނާނަކީ ދޫކޮށްލާން ވާވަރުގެ މީހެއް ނޫން. މެމްބަރު ކަމަށް ހަމަ ބެސްޓް." ހިރިލަންދޫގެ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝާހް ބުންޏެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެސްއެމުން ކުރިއަށްގެންދިޔަ ބަހުސްގައި ނާނު ވިދާޅުވި ގޮތުގައި ކިނބިދޫ ދާއިރާއަކީ އެ ދާއިރާގެ މެންބަރުކަމަށް އޭނާ ވަޑައިގަތުމުގެ ކުރިން ވެސް އޭނާއާ ވަރަށް ގާތް ގުޅުމެއް އޮތް ދާއިރާއެކެވެ. ދާއިރާގެ ރަށްތަކުގެ ގިނަ މީހުންނާ ރައްޓެހިކަން އޮތީ މާކުރިއްސުރެ އުފެދިފައެވެ.

"ދާއިރާގެ އެމީހާ މިމީހާ ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގޭ. ދާއިރާގެ ރައްޔިތުން، ޙާއްސަކޮށް ޒުވާނުން ބޭނުންވާ ކަންކަމަށް އަޅުގަނޑުގެ މިގެންދަނީ ފިޔަވަޅު އަޅަމުން ހައްލު ހޯދައިދެމުން، މިހާރު މިއީ އަޅުގަނޑުގެ އުފަން ދާއިރާއެކޭ އެއްވަރަށް ކުލުނާ ލޯބި ޖެހިފައިވާ ދާއިރާއެއް. އަބަދުވެސް މިދާއިރާއަށް ހެޔޮގޮތްތައް ހޯދައިދޭން ބޭނުންވޭ." ނާނު ވިދާޅުވިއެވެ.

ނާޝިޒަކީ ސިޔާސީ އަދި މާލީ ތަޖުރިބާގެ އިތުރުން ޕާލިއަމެންޓްރީ ތަޖުރިބާވެސް ބޮޑު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ފަސް އަހަރު ބަޖެޓް ކޮމިޓީގެ މުގައްރިރުކަން އަދާކުރައްވާފައެވެ.، އެނާއަކީ މިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުވެސްމެއެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެމްބަރެކެވެ.

ބައިނަލްއަގުވާމީ ދާއިރާގައިވެސް ނާޝިޒުގެ ނަން ވަނީ ދިވެހި ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ކޮމަންވެލްތު ޕާލިއަމެންޓްރީ އެސޯސިއޭޝަންގެ ޕަބްލިކްއެކައުންޓްސް ކޮމިޓީގެ މިހާރުގެ ޗެއާމަންގެ މަގާމަށް ނާޝިޒު އިންތިހާބުވުމަކީ ދިވެއްސަކު މި އިންތިހާބުވި ފުރަތަމަ ފަހަރު ކަމުން، މިއީ ރާއްޖެއަށް ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ކިނބިދޫ ދާއިރާއަށް ލިބުނު ރީތި ނަމެކެވެ. ފަހުރެކެވެ. ޝަރަފެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *