logo minivan

English

ހޮނިހިރު, 18 މެއި 2024

މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

އޭނާ ސަސްޕެންޑްކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

މިފްކޯއިން ބުނީ ސީއީއޯގެ ސަސްޕެންޝަން އުވާލާފައިވަނީ އިއްޔެ ކަމަށާއި، ޕީސީބީއިން އެކަން އިއްޔެ ސަމާހަށް ލިޔުމުން އަންގަވާފައިވާ ކަމަށެވެ.

އަދި މިފްކޯގެ ހިންގުމާ ގުޅޭ އެންމެހާ ކަންކަން މިފްކޯ ބޯޑްގެ އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ޕީސީބީން ސީއީއޯއަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ މިހާރު އުވާލާފައިވާ ކަމަށެވެ.

އެގޮތުން، ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ކަންކަން މިފްކޯގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި ވަގުތީގޮތުން އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ފުރަތަމަ ވަނީ 14 ދުވަހުގެ މުއްދަތަކަށް އެކަހެރިކޮށްފައެވެ. ނަމަވެސް ޕީބީސީން ފަހުން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.

ޕީސީބީން މިފްކޯއާ ގުޅިގެން ބަލަމުން އައި މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *