logo minivan

English

އާދިއްތަ, 26 މެއި 2024

ސޯޝަލް މީޑިޔާގައި އާންމުންގެ ޝުއޫރު 2: އެންޓި ޑިފެކްޝަން ޤާނޫނު ޤާނުނު އަސާސީއާ ފުށުއަރާ!

ތިރީގައި މިވަނީ އެންޓި-ޑިފެކްޝަން ޤާނޫނާމެދު މުޙައްމަދު ނިޝާން އިބްރާހީމް އޭނާގެ ފޭސްބުކްގައި ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ހިޔާލެކެވެ. ޝުއޫރެލެވެ.
އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު 6 މެންބަރަކު ޕީއެންސީއަށް ސޮއިކުރި މައްސަލައާއި ގުޅިގެން އަހުރެންނާއި ޤާނޫނީ ގޮތުން ގިނަ ބަޔަކު އަމާޒުކުރާ ސުވާލާއި ގުޅިގެން ދަންނަވަމެވެ.
މިފަހުން މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ދަސްދީޤް ކޮށްފައިވާ އެންޓި ޑިފެންޝަން ޤާނޫނު ބުނާ ގޮތުން މިނިވަން މެންބަރަކު، ޕާރޓީއެއްގެ މެންބަރެއްގެ ގޮތުގައި ދަފްތަރުކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެވަގުތުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އަންގަންވާނެއެވެ. އަދި މިހާލަތުގައި އެމެންބަރަކު މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ވެސް އޮވެއެވެ.
1. ދެން އުފައްދާ ސުވާލަކީ އިސްތިއުފާ ނުދީފިނަމަ ވާންވީ ގޮތެއް ޤާނޫނުގައި ނެތްކަމުގެ ވާހަަކަ، މިކަމުގައި އަހުރެންގެ ރައުޔު؛ އިސްތިއުފާ ދޭންވާނެ ކަމަށް އޮންނަ އޮތުމަށް ނަޒަރުކުރާއިރު، މިއީ ކުރަން ލާޒިމު ކަމެއް ކަމަށާއި މިއީ އަމުރުގެ ސީއާ ކަމުގައި ސްޕްރިމް ކޯޓުގެ ޤަޟިއްޔާއަކުން އެނގެން އޮވެއެވެ. އެޤަޟިއްޔާގައި ބަޔާން ވެގެންވާ ޤާނޫނީ މަބްދައުތަކަށް ބަލާއިރު، ޤާނޫނެއްގައި ނުވަތަ ޤަަވާއިދެއްގައި ރަމްޒީ މާއްދާއެއް ނުވާނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ބަޔާންކޮށްފައިވެއެވެ.
2. އެންޓިޑިފެކްޝަން ޤާނޫނާއިމެދު އަހުރެން ދެކޭގޮތް؛ މިޤާނޫނަކީ އަހުރެން ޤަބޫލުކުރާ ގޮތުން ޤާނޫނު އަސާސީއާ ތައާރަޞްވާ ޤާނޫނެކެވެ. އެހެންކަމުން އަސްލަކީ އުފެދުމުގައިވެސް ބާތިލު (ވޮއީޑް އެބްއިނީޝިއޯ) އެވެ. އެހެން ނަމަވެސް ބާތިލު ވާނީ އެކަން ބަޔާންކޮށް ދުސްތޫރީ ކޯޓަކުން އެކަން ކަނޑަ އެޅުމުންނެވެ.
3. މިޤާނޫނުގެ ފައިދާ ނަގަނީ މެންބަރު ކަމަށް ހުވާކުރުމުގެ ކުރީން މެންބަރަކަށް ނުވާތީ، ޤާނޫނުގައި ބަޔާންކުރާ މެންބަރުކަމުން އިސްތިއުފާދޭން ވާނެކަމަށް އޮންނަ އޮތުމުގެ މައްޗަށްކަމަށް ދެކެމެވެ.
4. ނިންމާލުން؛ މިމަައްސަލަ އަކީ ދުސްތޫރީ އައިބު ކަމެއް އޮތް އަސާސީ ހުޅުވުންތަކުން ކޮޅުބެދޭ ޤާނޫނީ ކިލަނބުކަން އޮތް ކަމެއް ގޮތުގައި އަހުރެން ދެމެވެ. އަދި ޤާނޫނު މާނަކޮށްފައި ވަނީ 20 ވަނަ މަޖިލީހަށް ހޮވިފައިވާ ބޭފުޅުންގެ ދައުރު އަދި ފެށިފައި ނުވާތީ، އެއީ ޤާނޫނުގަައި ބަޔާންކުރާ މެންބަރުންނަށް ނުވާތީ އެންޓިޑިފެންޝަން ޤާނޫނު މިއަދާއި ހަމައަށް 20 ވަނަ މަޖިލީހަށް ނުހިނގާނެ ކަމަށް ޤަބޫލު ކޮށްގެން ކަމަށް ދެކެމެވެ. މިއީ ޤާނޫނު އުފަންވުމުގަަައި އުނި އަދި އައިބު ކަމެއް ހުރުމުން އެޤާނޫނުގެ މަޅިތަކުން ދެމިގަނެ ޤާނޫނު ފުށްފުރޭންޏެއްހެން މާނަކުރުން ކަމަށް ދެކެމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *