logo minivan

English

ބުދަ, 15 މެއި 2024

ވޯލްޑް އިކޮނޮމިކް ފޯރަމަށް މިނިސްޓަރ ޒަމީރު ސައުދީއަށް

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ކޮންފަރެންސްގެ ތެރެއިން ބޭރުގެ ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ ބައްދަލުކުރައްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިންގެ އިތުރުން ވިޔަފާރިވެރިންނާ މި ކޮންފަރެންސްގެ ތެރެއިން އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *