logo minivan

English

އަންގާރަ, 21 މެއި 2024

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި މީހަކު ގެއްލިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި، މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފައިވާ ކަމަށެވެ.

އަދި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް އަކަށް ނަގާފައެވެ.

އެއާއެކު ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *