logo minivan

English

އަންގާރަ, 21 މެއި 2024

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ ބިދޭސީއަކު ހޯދަނީ

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުންކުރި އިއުލާނުގައި ބުނެފައިވަނީ، ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އެ ދެ މީހުންނަކީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ބައެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ފުލުހުން ހީދަމުންދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޝޮހެދުއްލާ، 34، ހަމަ އެ ގައުމަށް ނިސްބަތްވާ ކޮކޮން މިއާ، 40، އެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ދެ މީހުން މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 8:00 އަށް މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *