logo minivan

English

ހުކުރު, 17 މެއި 2024
އިޓަލީވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ--- ފޮޓޯ/ ޓްރެވަލް ނިއުސް ޓޯކް

އޮންލައިން ޓްރެވެލް އެޖެންސީތަކަށް ބަރޯސާވުން ކުޑަކުރުމަކީ ޓޫރިޒަމަށް ފަހިކަން ލިބޭނެ ކަމެއް

ދުނިޔޭގެ ބައެއް މަޝްހޫރު މަންޒިލުތަކުގެ މަތީ ފަންތީގެ ހޮޓާ ރިސޯޓުތަކުގެ ފައިދާ ދަށްވެ، ކުދި އަދި މެދު ފަންތީގެ ހޮޓާ ރިސޯޓުތައް ބޮޑުތަނުން ކުރިއަރާ ދިޔަ ސަބަބާމެދު ވިސްނާލަމާ ހިނގާށެވެ. މިހުރިހާ ބަދަލެއްގެ އަސްލަކީ ބޮޑެތި އަގުބޮޑު ބްރޭންޑްތަކުން އަގޯޑާ އާއި ބުކިން ޑޮޓް ކޮމް އާއި ޓްރިޕް ޑޮކް ކޮމް ފަދަ އޮންލައިން ޓެރެވެލް އެޖެންސީތަކަށް އާދަޔާ ޚިލާފަށް ބަރޯސާވެ، އެމީހުންނަށް ބޮޑު ޑިސްކައުންޓްގައި އެލޮޓްމަންޓްގެ ގޮތުގައި ކޮޓަރިތައް އެޑްވާންސްކޮށް ވިއްކާލުމެވެ. ކުދި އަދި މެދުފަންތީގެ ހޮޓާތަކާއި ރެސޯޓްތަކުން ބެލީ އަމިއްލައަށް މާކެޓްކޮށްގެންނާއި ލޯކަލް ޓްރެވެލް އެޖެންޓުން މެދުވެރިކޮށް އޮކިއުޕެންސީ ދެމެހެއްޓުމަށެވެ. އޮންލައިން ޓްރެވެލް އެޖެންސީ (އޯޓީއޭ) ތަކާއެކުވެސް މަސައްކަތްކުރަމުންނެވެ.

ދާދި ފަހުން ވޯލްޑު ބޭންކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމާމެދު ތަފާތު ނަޒަރިއްޔާއަކުން ވިސްނާ ރާއްޖޭގެ އިގްތިސާދަށް ޓޫރިޒަމުންކުރާ އަސަރު ބޮޑުކުރުމަށް ހާއްސަ އިސްކަމެއް އޮތީ ދޭން ޖެހިފައެވެ. އަދި ނުސީދާކޮށް އެރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވުމަކީ ރިސޯޓްތަކުގެ ވިޔަފާރިއަށް އޮތް ނޭދެވޭ ނުފޫޒެއް ކަމަށެވެ.

މިކަމާ ރާއްޖޭގެ ޒަމާންވީ ޓްރެވެލް އެޖެންޓުންގެ އިސް ބޭފުޅުން މުޅިން އެއްވަހެއް ނުވެއެވެ. އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ މިހެންނެވެ؛
"ރާއްޖޭގެ ޓޫރިޒަމް ރިޕޯޓާ މެދު ވޯލްޑް ބޭންކުން ދެކޭ ގޮތާ އަޅުގަނޑަކަށް އެއްބަހެއް ނުވެވޭ .މީރާގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ރިސޯޓުތަކުގައި މިދިޔަ އަހަރު އެވްރެޖްކޮށް %70 އޮކިއުޕެންސީ ހިފެހެއްޓިއިރު ގެސްޓްހައުސްތަކުން އެވްރެޖްކޮށް %40 ހާސިލްކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ އެއްކަމެއ ރާއްޖެއަށް އަންނަ ބިޒްނަސް ޖެޓްތަކުގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު 1000 އަށް ވުރެ މަދުވުމެވެ. މީގެން ވެސް ދޭހަވަނީ މިއީ ރިސޯޓް މާކެޓިން ސްޓްރެޓެޖީތަކުގައި ހުރި އުނިކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އޮންލައިން ޓްރެވަލް އެޖެންސީތަކަށް (އޯޓީއޭ) މާބޮޑަށް ބަރޯސާވުމަކީ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެ އެވެ. އިތުރަށް ދަންނަވާނަމަ ރިސޯޓްތަކުން އިސްކަންދޭން ޖެހޭނީ މާކެޓިން އިނިޝިއޭޓިވްސް އިތުރުކުރުމަށެވެ." 
ނަޒަރުކުރަންވީ ހަގީގީ ވިސްނުމަކީ މިއީ އެވެ. ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަމާޒުކޮށްފައިވާ އަގުބޮޑު ރިސޯޓްތައް ކަންނެތްވެ، އޮންލައިން ޓްރެވެލް އެޖެންސީތަކަށް ބަރޯސާވުން މާބޮޑުވީއެވެ. އެހެންކަމުން އަމިއްލައަށް އަމިއްލަ ޕްރޮޑަކްޓް އިސްތިހާރުކޮށް މާކެޓްކުރުމަށް މީގެކުރިން ފޯރިލާފައި ކުރި މަސައްކަތް މިހާރު ނުކުރާތީ ޓޫރިޒަމަށް އަންނަ ނުރަނގަޅު އަސަރުތައް ބޮޑުވަމުން އަންނަ ކަމަށް ބެލެވެއެެވެ.
ދެވަނަ ކަމަކީ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އާންމު އިގްތިސާދަށް ސީދާ އަސަރުކުރާނެ ކަމެއްކަން ފާހަގަކުރުމެވެ. ރިސޯޓްތަކާ ޚިލާފަށް ގިން ގެސްޓްހައުސްތަކުން އެމީހުންނަށް ލިބޭ ފައިސާ ދައުރުކުރުވަނީ ރާއްޖޭގެ ބޭންކްތަކުގައެވެ. އެހެންކަމުން އޭގެ ހެޔޮ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރާއްޖޭގެ އިގްތިސާދަށް ކުރެއެެވެ.
"ހަގީގަތުގައި ރިސޯޓްތަކުން ދިވެއްސަކަށް އެއްވެސް ފައިދާއެއްނުވާ ގޮތަށް ހުރިހާ ކަމެއް ކުރަން ފެށީމާ ދިވެހިންގެ ބައެއްގެ އިސްނެގުމާއި ބުރަ މަސައްކަތުން ގެސްޓްހައުސް ވިޔަފާރި ވައިގަ ހިފާފައި މިވަނީ. މިކަމާ ރިސޯޓްތަކުން މޭކަރާކަށް ނުޖެހޭ. ދުނިޔޭގެ މާލީ އިދާރާތަކުން ކަންބޮޑުވާކަށް ވެސް ނުޖެހޭ. މިހާރުވެސް އަގޯޑާ ފަަދަ އޮންލައިން އެޖެންސީތަކަށް ދޭ ރޭޓުދީފައި،ފެއާ ޕްރެކްޓިސްއަކަށް ގޮއްސުއްޔާ ފޮނިމީރުކަން ލިބޭލެއް ބޮޑުވާނެ. އެކްސްކާޝަންތައް އައުޓް ސޯސްކޮށް ރާއްޖޭގެ އިގްތިސާދުގެ އެހެން ހިއްސާދާރުންނަށް ބައިއެޅޭ ގޮތަށް ހަދާލަބަލަ އޭރުން އާންމު އެތައް ބަޔަކު ކުރިއަރާދާނެ. މިހާރު ހުރިހާ ކަމެއް އެރިސޯޓަކުންކުރާ ގޮތަށް މިއޮންނަނީ އެއީ އޮންލައިން ޓްރެވެލް އެޖެންޓުންނަށް އަގުހެޔޮކޮށް ރޫމާއި ޚިދުމަތްތައް ވިއްކާފަ އެކަން ފޫބައްދަން ކުރާކަމެއް. މިއީ ގެސްޓް ހައުސްތަކާ ގުޅުން ހުރި ކަމެއް ނޫން،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *