logo minivan

English

ހުކުރު, 17 މެއި 2024

އެމްއާއައި އާއި ސީޓީ ސްކޭނާއި ޑައިލަސިސްގެ ޚިދުމަތް އަތޮޅު ހޮސްޕިޓަލްތަކުގައި ފަށަނީ

މިއަހަރު ތެރޭގައި އެމްއާއައި އާއި ސީޓީ ސްކޭނާއި ޑައިލަސިސްގެ ޚިދުމަތް އަތޮޅު ހޮސްޕިޓަލްތަކުގައި ފެށޭނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލް (ފޮޓޯ) ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އައިޖީއެމްއެޗަށް ބާރު ބޮޑުވާ ބޮޑުވުން ކުޑަކުރެވޭނީ އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކޮށްގެންކަމަށެވެ.

" އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ސިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލް އެއީ ނެއްތަނެއްތޯ؟
    ގއ.ގެ އަތޮޅު ހޮސްޕިޓަލް ގައި މިހާރުވެސް ނެތް ( ލޮލުގެ ޑޮކްޓަރެއް، ހަމުގެ ޑޮކްޓަރެއް) ގއ، ގެ ހުރިހާ ރަށެއްގެ ރައްޔިތުން މި ޑޮކްޓަރުންގެ ޙިދުމަތް ހޯދަން ދާން މިޖެހެނީ ގދ.ތިނަދޫ ހޮސްޕޮޓަލަށް! މިކަމަށް ހައްލެއްނެއްތޯ ލިބޭކަށް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *