logo minivan

English

ހޯމަ, 20 މެއި 2024

ޒުވާން އަންހެން ކުދިންގެ އިންތިޒާރަށް ނިމުމެއް، އިބްރާހީމް ރަސްމީކޮށް އިންސްޓަގްރާމަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ރަސްމީކޮށް އިންސްޓަގްރާމާ ގުޅިއްޖެއެވެ.

އޭނާ ވަނީ ޕޫމާގެ އުފެއްދުންތައް އިންޑިއާގައި އިޝްތިހާރު ކުރަން ލިބުނު ފުރުސަތާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހީމް ކުރިން އިންސްޓަގްރާމްގައި ގެންގުޅެމުން އައީ ޕްރައިވެޓް އެކައުންޓެވެ. މިއީ އޭނާ ރަސްމީކޮށް ގުޅުނު ފުރަތަމަ ފަހަރު ކަމަށްވުމުން ގިނަ ތަރިންތަކެއް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

އޭގެ ތެރޭގައި، އޭނާގެ ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އިތުރުން "ސަރުޒަމީން" ކިޔާ ފިލްމަކުން އިބްރާހީމް ބޮލީވުޑަށް ނެރެން ނިންމާފައިވާ ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެ ފިލްމުގެ ޑައިރެކްޓަރު ކެޔޯޒް އިރާނީ ހިމެނެއެވެ.

އަދި އިބްރާހީމްގެ ފުރަތަމަ ޕޯސްޓަށް ކަރީނާ ކުރި ކޮމެންޓެއްގައި އޭނަގެ ވަނަން "އިގީ" ޖަހާފައި މަރުހަބާ ކިޔައި ބުނެފައިވަނީ ދެ މީހުން އެކީގައި ދެން ވަރަށް އަވަހަށް ޕޫމާ އިންޑިއާ އަށް ޝޫޓްކުރަންވާނެ ކަމަށެވެ. ކަރީނާ އަކީ ވެސް ޕޫމާ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރެކެވެ.

އިބްރާހީމް، 21، ބޮލީވުޑަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމު "ސަރުޒަމީން" ގެ މަސައްކަތް ވަނީ މިދިޔަ އަހަރު ނިންމާފައެވެ. ނަމަވެސް އެ ފިލްމް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މި ފިލްމުގެ އިތުރުން އިބްރާހީމް ވަނީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް "ނާދާނިޔާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް މިދިޔަ މަހު ނިންމާފައެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުން ދަރުމާ އާއި މެޑޮކް ފިލްމްސް ގުޅިގެން ހަދަން ނިންމާފައިވާ ތިނެސްކަން ލޯބީގެ ފިލްމަކަށް ވެސް އިބްރާހީމް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިޒަމާނުގެ ޒުވާން އަންހެން ކުދިން އބްރާހީމް ސިފަ ކުރަނީ ވަރަށް "ހޮޓް" އަދި "ސެކްސީ" ފިރިހެނެއްގެ ގޮތުގައެވެ. އަދި ގިނަ އަންހެން ކުދިން ހުންނަނީ އޭނާއަށް "ކްރަޝް" ވެފައެވެ. އެގޮތުން، މިހާރު ގިނަ ބަޔަކު ތިބީ އޭނާގެ ހުނަރު ބަލާލުމަށް ފުރަތަމަ ފިލްމުގެ އިންތިޒާރުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *