logo minivan

English

އަންގާރަ, 21 މެއި 2024

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނަން: ސޯލިހް

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކާ މެދު އެމްޑީޕީން ފަހުރުވެރިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ތައާރަފް ކުރެވުނުކަން ސޯލިހް ވަނީ އެ ފޯސްޓުގައި ފާހަގަކުރައްވާފައެވެ.

"ކުރިއެކޭ އެއްގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ" ސޯލިހް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައެވެ.

ރާއްޖޭގައި ރަސްމީގޮތެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *