logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 195 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 195 މިލިއަން ރުފިޔާ، ސާގްފައިދާގެ ގޮތުގައި ލިބިއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ނެރެ އާއްމުކޮށްފައިވާ ފުރަތަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި އެކުންފުނިން ވަނީ 4.5 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ ފައިދާގެ ގޮތުގައި 617 މިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި ހިންގައިގެން ވަނީ 307.5 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ މާލީބަޔާނުގެ އުސްއަލިތަކަށް ބަލާއިރު، މި ކުއާޓަރުގައި 4.4 ބިލިއަން ރުފިޔާ ލިބުނުއިރު، މުދާ ވިއްކުމަށް ކުރި ހަރަދު އުޅެނީ 3.8 ބިލިއަން ރުފިޔާގައެވެ. މީގެ އިތުރުން އިދާރީ ހަރަދުގެ ގޮތުގައި 240.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މާކެޓިން ހަރަދުތަކަށް 95 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މީގެ އިތުރުން މިކުއާޓަރުގައި ބޭރުފައިސާ ހޯދުމަށް ވަނީ 72.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ފައިދާ 234.9 މިލިއަން ރުފިޔާގައި އުޅޭއިރު، ޓެކްސްގެ ގޮތުގައި އެކުންފުނިން ވަނީ މި ކުއާޓަރުގައި ދައުލަތަށް 39.8 މިލިއަން ރުފިޔާ ދައްކާފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިދާ ލިބުނު ނިސްބަތުން ހިއްސާއަކަށް ވަނީ 173 ރުފިޔާ ޖެހިފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *