ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖް ފޮނުއްވާފައިވަނީ ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އިއްޔެ އަވަހަރާވުމާއި ގުޅިގެންނެވެ.
އެގޮތުން، އެމަނިކުފާނު ޔޫއޭއީގެ ރައީސަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައުދީ ޝާހީ އާއިލާއަށާއި، އެގައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.
On behalf of the people of Maldives and on my own behalf, I extend my deepest condolences and most sincere sympathies to His Highness Sheikh Mohamed Bin Zayed Al Nahyan, President of the UAE, the bereaved family and the people of the UAE on the passing of His Highness Sheikh…
— Dr Mohamed Muizzu (@MMuizzu) May 2, 2024
ޝައިހް ތަހްނޫން 82، އަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އަދި ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައެވެ.
އޭގެ އިތުރުން، ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ކޮއްކޯފުޅަށް ކަމަށްވާއިރު، އަވަހާރަވިއިރު ފިރިހެން 10 ބޭފުޅަކު ދުނިޔޭގެ އެބަތިއްބެވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީ ސަރުކާރުން ވަނީ ކުރިއަށް އޮތް 7 ދުވަހަކީ ގައުމީ ހިތާމައިގެ 7 ދުވަހުގެ ގޮތުގައި ނިންމާފައެވެ.