logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލްތަކާ ގުޅޭ ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކުރިއަށްދާނެއެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް 3 ފޮށި ބަހައްޓާފައިވާއިރު، މި ފޮށިތައް ހުންނާނީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 9 ފޮށި ބަހައްޓާފައިވާއިރު، ވެލިދޫގައި 3 ފޮށި، ބާކީ އޮތް 5 ރަށުގައި ފޮއްޓެއް ބަހައްޓާފައިވެއެވެ.

އީސީން ބުނީ މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *