logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ޓެކްސީ ޑްރައިވަރެއްގެ ޑައިރީން މެންދަމް ފަސް: ފިއްކަނޑައިގެންދާ ފަދަ އެތައް ކަމެއް

ގަލޮޅު މޫން ކެފޭއިން ކޮފީއެއް ބޮއެގެން ކާރަށް އެރީމެވެ. އަމީނީ މަގުން ދިޔައީ ސީދާ ހުޅަނގަށެވެ. މާފަންނު ސްޓޭޑިއަމްގެ އިރު ކަންމަތީގައި ހުރި އަންހެނަކު އަތް ނެގުމުން ކާރު މަޑުކޮށް އޭނާ އެރުވީމެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ފަހުން ފާހަގަ ގޮތުގައި އޭނާގެ ހެދުމުގެ ފަސްބައި ވަނީ ލެއިން ތެމިފޯވެފައެވެ. އޭނާގެ ލޮލުން ކަރުނަ ހިކުމެއް ނުވެއެވެ. ހައިރާންކުރުވަނިވި ހަމަހިމޭން ކަމުގައެވެ. އަހަރެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަދި ހިތްބިރު ގަންނަން ފެށިއެވެ. ކާރު ދުއްވާލުމަށް ފަހު އޭނާއާ ސުވާލުކުރީމެވެ. ވައިއަޑަކުން ޖަވާބުދިނެވެ؛ "ގޭގެ ބޮޑު މީހާ އަހަރެންނާ ގަދަކަމުން ބެހެނީ. އަހަރެންނަށް ދެން ކެތެއްނުވާނެ!"

އެއީ ރަށަކުން މާލެ އައިސް އިންނަ ކުއްޖެއްކަން އެނގުނެވެ. މާލޭގައި އޭނާ އިންނަ ގޭގެ ވެރިމީހާ އޭނާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ސިލްސިލާގެ ތެރެއިން މިރެއަކީ އަނިޔާވެރި ކަމުގެ އިންތިހާ ރެއެކެވެ. މެދުއުމުރަށް އެޅެމުން އަންނަ އަންހެން މީހާ މައްސަރުކަންތަކުގެ ސަކަރާތުގައި އިންދާ ރަހުމެއްނެތި އެ ފިރިހެން މީހާގެ ވޭންދެނުވި އަނިޔާއާ ކުރިމަތިލާން ޖެހުނީއެވެ.

އަންހެން މީހާ ކިޔައިދިން ގޮތުގައި މިހެން މީހާ ގަދަކަމުން އެދުން ފުއްދާލުމަށް ފަހު ދޫކޮށްލީކީ ނޫނެވެ. އޭނާގެ ކުރިމަތި ފަރާތަށް ކޮންމެވެސް ތޫނު އެއްޗަކުން ހަމަލާވެސް ދިނީއެވެ. އޭނާ ބުނި ކަމަށްވެއެވެ؛ "މާބޮޑަށް ގަދަ ދައްކަންޏާ ވާނެގޮތް ތިފެންނަނީ."

އަންހެން މީހާއަށް ލިބުނު ކުއްލި ވޭނުން ސަލާމަތްވާން ވެގެން ކޮޅުފައިން ފިރިހެން މީހާގެ އުރަމަތީގައި ޖެހުމުން އޭނާ ވެއްޓުނު ވަގުތު އަވަހަށް ގެއިން ނުކުމެގެން ދުވަމުން ގޮސް ސްޓޭޑިއަމް ފާރުކައިރީގައި އިށީނދެގެން އިންދާ ކާރެއް އަންނަތަން ފެމުނުން އަތްނެގީއެވެ. އިއްތިފާގުން އެއީ އަހަރެންގެ ކާރެވެ.

އަހަރެން އޭނާ ގެންގޮސް އައިޖީއެޗްގެ އިމަޖެންސީ ރޫމަށް ވެއްދީމެވެ. އެހިސާބުން އަޑުގެ ކޮޅަށް އޭނާ ރޯން ފެށިއެވެ. ހެދުން ވެސް އިރާލައިފިއެވެ. ހީވަނީ މޮޔައެއްހެންނެވެ. ނަރުސްކުދިންނާއި ޑޮކްޓަރުން އައިސް ވަށާލިއެވެ. ސުވާލުކުރަމުން ފަރުވާފެށިއެވެ. އެހިސާބުން އަހަރެން ނުކުތީއެވެ.

އަހަރެންނަށް ލިބުނު ކުއްލި ޝޮކު އަދިވެސް ފިލާނުދެއެވެ. ކާރުގައި މަޑުމަޑުން ގޮސް ސޯޝަލް ސެންޓަރާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނުކުތީމެވެ. ކުޑަކޮށް ހަމަޖެހިލުމަށްޓަކައި ތޮށިގަނޑުކައިރީ ކާރު މަޑުކޮށްލީމެވެ.

މާގިނަ އިރެއް ނުވިއެވެ. ސެންޓަރުގެ ދަތުރެއް ލިބުނެވެ. ހެންވޭރު ސުކޫލާ ހިސާބުންނެވެ. އަހަރެން ބޭރު މަގުން އެދިމާއަށް ދުއްވީމެވެ. މެންދަމުގެ ވަގުތުކަމުން މާގިނައިރެއްނުވެ އެގެއާ ހަމައަށް ދެވިއްޖެއެވެ. ކާރު ގޭ ދޮރުމަރީގައި މަޑުކޮށްލައިގެން އޮންނަތާ ފަސް ވަރަކަށް މިނިޓު ފަހުން މީހަކު ނުކުމެ ބޭރަށް ބަލާލާފައި އެތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ޒުވާން ފުރާގެ ދެ ފިރިހެނުން އައިސް ކާރަށް އެރިއެވެ. އެމީހުން އެދުނީ ގެސްޓް ހައުސްއަކަށް ގެންގޮސްދިނުމަށެވެ. އެދިމާއަށް ކާރު ދުއްވަން ފެށީމެވެ. ގޯޅި އެޅުމުގެ ކުރިން ލޯގަނޑުން ފަހަތު ސީޓަށް ބަލާލިއިރު، ކަމަކު ދާކަށް ނެތެވެ. ދެ ފިރިހެނުން އެތިބީ ތުން ގުޅާލައިގެންނެވެ. ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެފައެވެ. އަހަރެންނަށް ލިބުނު ސިހުމުގައި ކާރުގެ ބްރޭކަށް ފިތާލެވުނެވެ. އެމީހުން ސިއްސައިގެން ގޮސް، އަހަރެންނަށް ބުންޏެވެ؛ "އަވަހަށް ގެންގޮސްދީ. 100 ރުފިޔާ ދޭނަން!"

ކާރު ގޮސް ގެސްޓް ހައުސްއަށް މަޑުކޮށް އެމީހުން ބޭލީމެވެ. ސެންޓަރަށް ގުޅާ އެދެމީހުންގެ މުޑުދާރު އަމަލުގެ ވާހަކަ ބުނުމުން، އެކަން ފުލުހުންނަށް ރިޕޯޓްކުރާނެ ކަމަށް ސެންޓަރުން އެންގިއެވެ. އަހަރެން އެހެން ޑްރައިވަރުންނަށްވެސް ސެޓުން އެކަން އެންގީމެވެ. ގިނަ ޑްރައިވަރުންނަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެކަމާ ކުރިމަތިވިކަން އެނގުމުން ލިބުނީ މާޔޫސްކަމެވެ. ދިވެހި މުޖުތަމަޢު ވެއްޓިފައިވާ ދަށުދަރަޖަ ހިތަށް އެރުމުންނެވެ.

ކާރު މިއޮތީ އޮލިމްޕަސް ކުރިމަތީގައެވެ. ދަތުރެއް ލިބުމުން އައިހެވެ. ސެންޓަރުން ބުނީ ގުޅީ އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާ އެދުނީ އޮލިމްޕަސް ދޮރުމަތީގައި ކާރު މަޑުކުރުމަށް ކަމަށެވެ. ޒުވާން އަންހެން ކުއްޖަކު ދޮރުގައި ޓަކި ދިނެވެ. ދޮރުވުޅުވާލުމުން އޭނާ އެރީ ކާރުގެ ކުރީ ސީޓަށެވެ. ދާން ބޭނުންވާ ތަން ބުނުމުން ކާރު ދުއްވާލީމެވެ. ދެތިން މިނިޓުވެސް ނުވާނެއެވެ. އެކުއްޖާ އަހަންނާ ދިމާއަށް އެނބުރި ކުއްލިއަކަށް އަހަރެންގެ ފަލަމަސްގަނޑުގައި އަތް ބާއްވާލިއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އަހަރެންގެ ހިއްސުތައް ހަމައިން ނައްޓުވާލުމަށް އޭނާ މަސައްކަތްފެށިއެވެ. އަހަރެން ކާރު ހުއްޓީމެވެ. އަދި ކާރުން ފައިބަން ބުނުމުން އޭނާ ހަޅޭއްލަވަން ފެށިއެވެ. އަދި ބުންޏެވެ؛ "ދީ 500 ރުފިޔާ. އެހެންނޫނީ އަހަރެން ރޭޕްކުރި ކަމަށް ނޫހުގަ ލިޔާނަން. ކާރު ނަންބަރުވެސް ޖަހާނަން."

އަހަރެންނަށް ހަދާނެ ގޮތް ހުސްވިއެވެ. އަތަކު އެވަރަށް ފައިސާއެއް ނެތެވެ. އެކުއްޖާ ކޮންމެވެސް މީހަކަށް ފޯނުކުރިތާ މާގިނަ އިރެއް ނުވެ، ހަތަރު ސައިކަލުގައި އަށް ފިރިހެން ކުދިން އަތުވެއްޖެއެވެ. ހަގީގީ ބިރުވެރިކަން ފެށުނީ އެހިސާބުންނެވެ. ދެ މީހުން ކާރުގެ ފަހަތަށް އަރާ ދޮރު ތަޅުލިއެވެ. އެކުއްޖާ އެދޭ ކަންތައް ކޮށްދީފަ ނޫނީ ނުދެވޭނެ ކަމަށް ބުނުމުން އަހަރެން ލާރި ގުނަން ފެށީމެވެ. ހަމަވީ 350 ރުފިޔާއެވެ. ގަބޫލެއް ނުކުރިއެވެ. ކާރުގެ ލަވަޖަހާ ސެޓް ގަދަކަމުން ދަމައިގަތެވެ. އަހަރެންގެ ފޯނުވެސް އަތުލިއެވެ. އަދި ބޮލުގައި ފޯނުން ދެފަހަރަކު ޖެހިއެވެ. އެހިސާބުން ކާރުން ފައިބައިގެން އެމީހުން ހިނގައްޖެއެވެ. އަހަރެން އިނީ ރޯންވެސް، ހޭންވެސް، ހަޅޭއްލަވަންވެސް ނޭނގި ގަނޑުވެފައެވެ.

އެތައް އިރެއް ފަހުން އަހަރެން ހަމައަކަށް އެޅުމުން ސެންޓަރަށް ގުޅުމުން ދެ ކާރު އައިސް އަހަރެން ނަގައިގެން އޭޑީކޭއަށް ގެންދިޔައެވެ. މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންވެސް އައެވެ. ތަހުގީގަށް ވީގޮތުގެ ވާހަކަ ނުލިޔެ މި ދޫކޮށްލަނީ އިތުރަށް މާޔޫސްވާން ބޭނުން ނުވާތީއެވެ.  (ނުނިމޭ)

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަޝްތަޣުފިރުﷲ ހާދަބިރުވެރިއޭ، ޔާﷲ އަޅަމެންގެ މި ކުޑަމުޖުތަމަޢު މި ނުބައިކަންކަމުން ސަލާމަތްކުރައްވައި. އެފަދަ ނުބައި އަމަލުތައް ކުރާއެންމެނަށް ހެޔޮވިސްނުން ދެއްވާށި. އާމީން

  2. ހުސް ދޮގު ވާހަކަ
    ތަހުގީގު ނުލޮޔުނީ ނުވާ ކަންކަން ވީމަ ކަން އެނގޭ މީ ދޮގުަކމަ
    ހަދަހަދހަިއިގެނ ލިޔާކަާް ނުވާނެ މިކަހަލަ ފިތހުނަ

  3. ތީ ހަދަހަދައިގެން ކިޔާވާހަކަ.ހަޓުހުރިއްޔާ ކާކުކަން އިނގޭގޮތަށް ލިޔަންވީނު.ތިވަހުކަމެއްވިއްޔާ ނޫސްތަކުގައި ނުޖަހާނުހުންނާނެ.މީހުން މަހުފުރައްދަން ލިޔާ އާޓިކަލް.މިފަދަ ނޫސްތައް ހުއްޓުވަންވީ.

    1. Taxi thakugaitha record kureveyne camera eh harukurun muhimmu. Gina taxi driver in dhanvaru taxi nukuranee mifadha kankan vaathre

  4. Allah Akubaru

    Dhivehi raajje oi hisaabu kinfennanee. .
    Hurihaa emmen siyaaseevfa, vazeefaage dhahivethikamuga, gaumu halaakuge thereyah vetten dhookollaafa.
    Gaanoonaai Gavaaidhuge beynun onnanee thimannaamen beynun veema ekani. Nooni ekamunves siyaasee manfaaeh vaanenama ekani. Dheeneh nei, akhlaageh nei, musthagubalu fennanee inthihaa ah banakoh, andhirikoh, ekamakaa kanboduve haasvaa verinn ves inthihaa ah madhu.

    Ginaee Dhuniyeyge ufalaai Araamaai, hulhanguge Usooluthaka thabaavaa verinnaai Zuvaanun. Dharinnah dheneeves efahadha tharubiyyathu.

    Maai Allah mi Dhivehi Mujuthamauge kankan Hama magah gengosdhevvaashi, adhi Emagun masaikkai kuraa veringe masaikkathugai Barakaai Lavvai, nasru dhevvaashi.

  5. ތިބާވަތުގެ ކަންކަން އިންތިހާއަށް އޮތްކަން އެނގޭ. އެކަމަކު ތިވާހަކަ ހަގީގަތަކާ ވައްތަރެއް ނޫން. ޚިޔާލީ ވާހަކައެއް ކަމަށް ބެލެވެނީ.

  6. ރާއްޖެތެރޭން މާލެފައިބާގެން އުޅޭ ހޭކެނޑިގެން އުޅޭމީހުން އުޅޭގޮތެއް.… ކުޑަސިޓީނުލާ މާލެ ނާރުވަންފެނޭ.…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *