logo minivan

English

އާދިއްތަ, 19 މެއި 2024

16 މީހުންނާއެކު ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެ އިން ފުރައިގެން ގދ. ފަރެސްމާތިޑާއަށް 16 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއްފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، 16 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، އެބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު އަދި ފުން ނުކުރެވޭ ކަމަށާއި، ދިޔަ ބޮޑު ވުމުގެ ސަބަބުން ބޯޓު ކަފު ޖަހާނެ ދޯންޏެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އޭގެ އިތުރުން، ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ޑައިވަރުންނާއެކު ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *