logo minivan

English

އާދިއްތަ, 19 މެއި 2024

އޮފީހެއްގެ މުދަލަށް ގެއްލުން ދިން މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

އޮފީހެއްގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މައްސަލާގައި ހާޒިރުވުމަށް ފުލުހުން ހޯދަމުން ދަނީ، ގދ. ތިނަދޫ ސަކީނާމަންޒިލް، އުމުރުން 34 އަހަރުގެ އިބްރާހިމް ނާޝިދު އެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި، ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މި އިއުލާނުގައި ފުލުހުން ވަނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައެވެ.

ފުލުހުން ބުނީ، އޭނާ ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި، ނާޝިދު ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 12 ވަނަ ދުވަހުގެ 08:30 އަށް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *