logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އިތުރު ވަސީލަތްތަކާއިއެކު ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ ކުރާނަން: އެޗްޑީސީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި މިދޔަ ސަރުކާރުގައި ހަދާފައިވާ ޕިކްނިން އައިލެންޑް، ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ ކުރާނެ ކަމަށް އެރަށް މެނޭޖްކުރާ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ވަސީލަތްކާ އެކީ ރަށް ތަރައްގީ ކުރަން އެެޗްޑީސީން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެން ދާނެ." އޭނަ ވިދާޅުވިއެވެ.

މާލޭން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ރައީސް ސޯލިހް ވެރިކަމުގައި ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކާ، ޕިކްނިކް ދިއުމަށް ހާއްސަ ރަށެކެވެ. އެ ތަނުގައި ރަށެއް ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.

އެ ރަށް ތަރައްގީކުރީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ ގުޅިގެންނެވެ.

ކުޑަގިރި އަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވެއެވެ.

އެގޮތުން، އެ ރަށަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް، ނާސިން ރޫމާއި، މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ގާއިމުކޮށްފައިވެއެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެ އިން ޓިކެޓް ދޫކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *