logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕްލާސްޓިކް ކޮތަޅުގެ ފީއިން ދައުލަތަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ

އެއް އަހަރު ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީއިން ދައުލަތަށް 16.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީއިން މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ދައުލަތަށް 12.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ފީއިން ވަނީ ހަތަރު މިލިއަން ރުފިޔާ ލިބިފައެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ކުނި މެނޭޖްކުރުމުގެ ބިލަކީ ކުރީގެ ރައީސް ސޯލިހްގެ ސަރިކާރުގައި ތަސްދީގު ކުރެއްވި ބިލެކެވެ.

އެގޮތުން، އެ ބިލުގެ ގަވައިދުގައިވާ ގޮތުން ވިއްކާ ކޮތަޅުގެ އަދަދާއި އަގާއި ހިލޭ ދޫކުރާ ކޮތަޅާއި އޭގެ އަގާއި ހަލާކުވާ ކޮތަޅާއި އޭގެ އަގާއި ކަސްޓަމަރުން ރައްދު ކުރާ ކޮތަޅުގެ ހިސާބާއި ފިހާރައިގައި ބޭނުން ކުރާ އެހެނިހެން ކޮތަޅުގެ އަދަދު ވިޔަފާރިވެރިން ބަލަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކުން ކޮތަޅު ގަންނަ ސަޕްލަޔަރުގެ ބައެއް މައުލޫމާތުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ގަތް ނުވަތަ ހިލޭ ލިބުނު ކޮތަޅުގެ އަދަދާއި ސަޕްލަޔަރުގެ ޓިން ނަމްބަރާއި އިންވޮއިސްގެ ކޮޕީއެކެވެ.

ޕްލާސްޓިކް ކޮތަޅުގެ ހިސާބުކިތާބު ބަލަހައްޓަންޖެހޭނީ އެ ވިޔަފާރިއެއްގެ އެހެނިގެން ރިކޯޑްސްތަކާ ހިލާފަށް މުޅިން ވަކިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *