logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް މިނީ ވޭނެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ނޫކުލައިގެ އެ ވޭން ޕާކް ކޮށްފައި އޮތް ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ އިރު، އެމީހާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދުގެ ވަގުތެއްގައި ހުޅުމާލޭގައި ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު މާލޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ.

އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ އެޕާޓްމެންޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *