logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންގިރޭސިވިލާތައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށާއި އެ ގައުމާއެކު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާ ކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

"’ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލް" ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނގިރޭސިވިލާތުގެ މާލީ ވުޒާރާތަކުގެ އެހީތެރިކަން ރާއްޖޭގެ މާލީ ދާއިރާއަށް ހޯދައި އެކަމަށް މަގުފަހިކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *