logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އާސަހަރާގެ މަސައްކަތް ނިންމަން އާ ކުންފުންޏަކާ ހަވާލުކޮށްފި

އާ ސަހަރާގެ މަސައްކަތްތައް ނިންމަން އަނެއްކާވެސް އާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމަން ހައިމަން ކޮންސްޓްރަކްޝަން ކުންފުންޏަށް 2.7 މިލިއަން ރުފިޔާއަށް ދީފައިވާ ކަމަށެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުމުގައި، ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ.

މި މަޝްރޫއަށް ފުރަތަމަ ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކުރިން މަސައްކަތް ކުރި ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ.

އާސަހަރާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދެފަންގި ފިލާއަށެވެ. އެގޮތުން، އެތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމްވެސް ހުންނާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު ކަށުކަމާކެމީގެ އެންމެހާ ކަމެއް މިހާރު ކުރަމުންދަނީ ހުޅުމާލޭ ސަހަރާގައެވެ. ނަމަވެސް ވާރޭ ވެހި ފެން ބޮޑުވެއްޖެ ހާލަތެއްގައި މަރުވާ މީހުން ވަޅުލަނީ ގަލޮޅޫ ސަހަރާގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ