logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިފްކޯއިން ސަމާހު ވަކިކޮށްފި

ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވ ިސަމާހު ރަޝީދު މަގާމުތަކުން ވަކިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން ބުނީ މިއަދުން ފެށިގެން ސަމާހު ރަޝީދު މިފްކޯގެ ބޯޑުން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީއަކުން ބުނެފައެއް ނުވެއެވެ.

ސަމާހު ވަނީ މީގެ ކުރިން މަގާމުން ސަސްޕެންޑުވެސް ކޮށްފައެވެ. އެއީ އޭނާ އާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކެއްގެ ސަބަބުންނެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސަމާހު ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ ޖެހިގެން އައި އޭޕްރިލްމަހުގެ 23 ވަނަ ދުވަހުއެވެ.

ޕީސީބީން މިފްކޯއާ ގުޅިގެން ބަލަމުން އައި މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން ހިމެނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ