logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވިލިނގިލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އަނެއްކާވެސް ނައްތާލައިފިއެވެ.

ފުލުހުން ބުނީ ނައްތާލީ ބަނގުރާފުޅިތަކާއި ބިޔަރުދަޅުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ އެޕްރީލް މަހުގެ 17 އިން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަން ދިޔަ ޓޫރިސްޓުންގެ އަތުން އެމްއެންޑީއެފުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

އެގޮތުން، މިދިޔަ ހުކުރު ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 212 ފުޅި ބަނގުރަލާއި 50 ދަޅު ބިޔަރެވެ.

އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *