logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

މިނިވަންދުވަހުގެ ޝިޢާރަކީ "ދިވެހީންގެ އަމިއްލަވަންތަކަން' ދިވެހީންގެ މިނިވަންކަން"

މިއަހަރުގެ މިނިވަން ދުވަހުގެ ޝިޢާރުގެ ގޮތުގައި “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅޫތެރޭގެ ރަށްތަކުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މިނިވަން ދުވަހުގެ ޚާއްސަ ޖަލްސާ ބޭއްވުމާއި, ދިދަ ނެގުމުގެ ރަސްމިއްޔާތާއި, ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުގެ އިތުރުން, ހެވިކަމާއި ކުޅިވަރު, ފުޅަނދުބުރު, ކާނިވާ, މިނިވަން ދުވަހުގެ ހާއްސަ ދުވުން, ސާގާފީ ޝޯ އާއި ކާބޯތަކެތީގެ މައުރަޒު, ކުޑަކުދީންގެ ހަވީރު, ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު, އިސްރަށްވެހީންގެ ބައްދަލުވުން އަދި ސްޓޭޖް ޝޯތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން ކުރިއަށް ގެންދާ ދިވެހި ޤައުމިއްޔަތުގެ ހާއްސަ މަޝްރޫޢުގެ މުހިންމު އެއް ބަޔަކީ “އަމިއްލަވަންތަކަމެވެ”. މިއަހަރުގެ މިނިވަންދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ޤައުމިއްޔަތުގެ މި މުހިންމު ސިފައާ އެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޖުލައިމަހުގެ 26 ވަނަ ދުވަހެއެވެ. އެއީ އިނގިރޭސިންގެ އަތުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ. އިނގިރޭސިންގެ އަތުން މިނިވަންކަން ހޯދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 1965 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *