logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ތުލުސްދޫގައި އެއުޅެނީ ކުއްތާއެއް! މައްސަލަ ހޫނުވެއްޖެ!

ރާއްޖެއިން ބޭރުން އައި ޔޮޓެއްގައި ރާއްޖެ އެތެރެކުރި ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ, ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ސާފެއް ނޫނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ތުލުސްދޫ ބަނދަރަށް ފައިބާ ފަތުރުވެރިއަކު ކުއްތާއެއް ހިފައިގެން ހުރެ އޭތި ރަށު ތެރެއަށް ދޫކޮށްލަ އެވެ. އެވަގުތު ރަށު މީހުން ވެސް އެތަނުގައި ތިއްބެވެ.

މީގެ ކުރިން ވެސް ހުއްދަ ހޯދައިގެން ޔޮޓުތަކުގައި ކުއްތާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ބޭލުމަކީ މަނާ ކަމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ފުރަތަމަ ކަމަކީ އަހަރުމެންނަކީ މުސްލިމުން ދެވަނަކަމަކީ މި މުޑުދާރު ނަޖިސް އެއްޗެ އަހަރުމެން އަތްލުން މަނާ މިއަވުރެމާ ކުދިކުދި ކަން ކަން މަނާ ކޮށްފައި މިކަމަދޭން ޖެހޭ ހުއްފައެއް އޮންނަން ޖެހޭތަ މީ ބަލާ ގަނެވޭނެ ކަމެއްނޫ ގެއެއްގައި އިން ބޭރުގައުމެއްގެ ބޮނޑެއް އެއީ ވަރަށް ނުރަކާތެރި އެއްޗެކަމަބުނެ އެއް ފުލުހުންގެންގޮސްމަރާލަފާނެ އެއީ ހުދަނެތި އެތެރެކުރިއެއްޗެކަމަ ހަދާފައި އެއްގެންގޮސް މަރާލަފާނެ ކުއްތާ އަރުވަން ހުއްދަދީފާނެ އެމަރާލާކަ ހުއްދައެނުދެވޭނެ މީ ހާލަތު އަހަރުމެންގެ ދީނުގައި ހަރާން އެއްޗެ ހުއްދަވަނީކިހިނެއް

  2. "އެވަގުތު ރަށު މީހުން ވެސް އެތަނުގައި ތިއްބެވެ." ރަގަޅު ކޮއްލާ. ވީޑިއޯ އިން ފެންނަނީ އާދައިގެ ހެދުމުގަ ތިން ފުލުހުން ތިބިތަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *