logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރަން ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް

މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް ދިވެހިންނާއި ހަވާލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ ކައުންސިލުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، މިސްކިތްތަށް ސާފުކުރުމަށް އެންމެ ފުރަތަމަ 114 ދިވެހިން ހޯދުމަށް އިއުލާންކުރި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެއެވެ. އަދި ދެވަނަ ފަހަރަށް އިއުލާނު ކުރުމުން 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިސްކިތްތައް ފޮޅައި ސާފު ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

ސިޓީ ކައުންސިލުން ދަނީ މާލެ ސަރަހައްދުގެ މިސްކިތްތަށް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާބާތުރަފިލުވައި ބޭނުންވާ އެކިއެކި މަރާމާތުތައް ކުރުމުގެ އިތުރުން މިސްކިތްތަކުގެ ސެކިއުރިޓީ ރަނގަޅުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *