logo minivan

English

ހޮނިހިރު, 07 ސެޕްޓެމްބަރ 2024

ބިންގަނޑަށް ލޮޅުމެއް އައިނަމަވެސް، ލަފާކުރެވޭ ގޮތުގައި ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް އޮފީސް

ރާއްޖޭގެ އެންމެ އިތުރުން ހދ.އަތޮޅުގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ނަމަވެސް، ބިންހެލުން ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ލަފާނުކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިރޭ ރާއްޖެ ގަޑިން 20:27 ހާއިރު، ހދ.އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިސްފައިވާކަމަށް ހދ.ހަނިމާދޫގައި ޤާއިމްކޮށްފައި ހުންނަ ބިންހެލުމުގެ ރެކޯޑްކުރާ މީޓަރަށް ލިބިފައިވާ ކަަށެވެ. ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުން އައިނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނޭކަމަށް ލަފާނުކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Image

ހދ އަތޮޅުގެ ބައެއް ރަށްތަކުން ވާހަކަދެއްކި މީހުން ބުނެފައިވަނީ، ބިންގަނޑަށް ލޮޅޫން އެރިކަމުގެ އިހުސާސް ކުރެވިފައިވާކަމަށާއި، ނަމަވެސް ފަހުން އެބާވަތުގެ ކަމެއް ފެނިފައި ނުވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *