logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަލީއެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ޑޭވިޑް ބެކަމް ހަމަޖައްސައިފި

ޗައިނާގެ މަސްހޫރު ޓެކްނޮލޮޖީ ކުންފުނި އަލީބާބާގެ އޮންލައިން ރީޓެއިލް ޕްލެޓްފޯމެއް ކަމަށްވާ އަލީ އެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރަކަށް އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހަމަޖައްސައިފިއެވެ.

އަންނަމަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފްޓްބޯޅަ މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ޔުއެފާއާ އެކު އެކްސްކްލޫސިވް އީ-ކޮމާސް ޕްލެޓްފޯމް ޕާޓްނާޝިޕަކަށް އަލީއެކްސްޕްރެސް އިން މީގެކުރިން ވަނީ އެއްބަސްވެފައެވެ. ބެކަމްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޔޫރޯ މުބާރާތާ ގުޅިގެން އަލީއެކްސްޕްރެސް އިން ކުރިއަށްގެންދާ ސްކޯ މޯ ޕްރޮމޯޝަން ގޭމްސްތަކުގައި ބެކަމް ފެނިގެންދާނެއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް  އަލީ އެކްސްޕްރެސްއިން އިނޮވޭޓިވް "ޝޭކް އެންޑް ވިން" ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ގޭމެއްގެ ކޮންމެ އަމާޒަކަށް ފަހު ޓައިމް ލިމިޓެޑް އިނާމުތަކެއް ލިބޭނެ އެވެ. އަލީ އެކްސްޕްރެސް އެޕްލިކޭޝަނަށް ލޮގިންވެ ގޯލް ޖަހާ ވަގުތު ފޯނު ތަޅުވައިގެން ރަނގަޅު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އަލީ އެކްސްޕްރެސް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ

ޖަރުމަނުގެ 10 ސިޓީއެއްގައި ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫރޯ މުބާރާތުގައި ޖުމްލަ 2.7 މިލިއަން ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *