logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޑަބްލިއުއެޗްއޯގެ ފުރިހަމަ ޤައުމަކަށް ފަލަސްތީނު ވުމުން ރައީސް ޑރ.މުއިއްޒުގެ މަރުހަބާ ވިދާޅުވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ދަރަޖަ ފަލަސްތީނަށް ލިބުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދިނީ އެޖަމިއްޔާ 77 ވަނަ އަހަރީ ޖަލްސާގައި އެ ޖަމިއްޔާގެ މެންބަރުކަން ދިނުމަށް 101 ގައުމުން ތާއީދުކޮށްގެންނެވެ. މިކަމާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މިކަމަކީ ޕަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށެވެ.

ޕަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ލިބިދިނުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދުއޮތްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފަލަސްޠީނުގެ ހައްޤުތަކާއި ދައުރު އިތުރަށް ފުޅާކުރުމަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ވޯޓުދިން 101 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ކުރާކަމެއްކަމަށާއި، އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމުކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ނެގި ވޯޓުގައި 101 ގައުމުން ތާއީދުކުރިއެވެ. މިކަމާ ދެކޮޅަށް 5 ގައުމަކުން ވޯޓު ދީފައިވާއިރު ވަކިކޮޅަކަށް ވޯޓު ނުދީ 21 ގައުމަކުން ތިއްބެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *