logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވާތީއެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، މީގެ ކުރިންވެސް ވަނީ އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުންނަކީ ރައީސްކަމުގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ އިތުރުން، މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު  އަދި މެންބަރު ސަމާއު އަހުމަދު ނަޖީބެވެ. ހިއުމަން ރައިޓްސް ކޮމިޝަންގައި ޖުމްލަ 5 މެމްބަރުން ތިއްބަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސަް އޮފީހަށް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ