logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހައްޖު ވާޖިބުނުވާ ބަޔަކު ހައްޖަށް ފޮނުވުމަށް ރައްޔިތުންގެ ފައިސާ ޙަރަދެއްނުކުރެވޭނެ – ޑރ.ޢިޔާޒް

ހައްޖު ވާޖިބުނުވާ ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދު ކޮށްގެން ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢިޔާޒް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު އެކްސް އެކައުންޓުން ކުއަރްވާފައިވާ ޓްވިޓެއްގައެވެ. އިތުރަށް އެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ކުރަންޖެހޭ އަޅުކަމެއްކަމަށާއި ނަމަވެސް ތަނަވަސްކަން ހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތްކަމަށެވެ.

ޙައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ ކުރަންޖެހޭ އަޅުކަމެއް. ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދު ކޮށްގެން ނުވާނެ. ނަމަވެސް، ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތް.” ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ އިޝާރާތްކުރައްވާފައިވަނީ ރައީސް ޑރ.މުއިއްޒްގެ ރިޔާސީ ވައުދެއް ކަމުގައިވާ ކޮންމެ އަހަރަކު ދައުލަތުގެ ޙަރަދުގައި 100 މީހުން ހައްޖަށް ފޮނުވުމަށް ވެފައިވާ ވައުދާގުޅިގެންކަމަށް ބެލެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. E ee varah bodu thedhu fulheh. Komme kameh dhekkun therikamakah hadhaifi. Meevarah nulafaa baeh

  2. ދައުލަތުގަ އަހަރަކު 100 މީހުން ހައްޖަށް ފޮނުވުމުގެ ތަނަވަސްކަން ހުރީމަ އެ ފޮނުވަނީ. އިޔާޒު ގެ އެހުރީ ސިޔާސީ ވިސްނުމެއް

  3. ﷲ އަންގަވާފައޮތް ގޮތަކީ ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖުވުން. މުއިއްޒުގެ ރިޔާސީ ވައުދު ﷲ ގެހުކުމްފޫޅަށްވުރެ މޮޅީތޯ. އިއާޒު ވިދާޅުވީ އެކަން އޮތްގޮތް. ރައްޔިތުންގެފައިސާޔާ ޒަކާތުފައިސާވެސް ހުންނާކެކަން ﷲ މާމޮޅަށް ދެނެވޮޑިގެންވޭ. ޢެކަމަކު ކުޅަދާނަކަންލިބިގެންވާ 50 މީހުނަށް އެފުރުސަތު ނުދީ މިމީހުން ބޭނުންވާގޮތަކަށް އެކަންވެސް އެކުރީ.

  4. ދިވެހިރައްޔިތުންނަކީ އެތައް ގައުމަކަށް ދަރާވިކިފަތިބި ބައެއް. އެމީހުންގެ އަތުން އެތައް ޓެކުހެއް މިހާރުވެސް ނަގާ. މިހާލަތުގަ ރައްޔިތުންގެ ފައިސާއިން ހައްޖުވާޖިބު ނުވާ ބަޔަކަށް ޚަރަދުކުރުމަކީ ބޭންކަށް ދަރާފަހުރި މީހަކު ލޯނުނުދައްކާ އަތުހުރި ފައިސާއިން ފަގީރަކު ހައްޖަށް ފޮނުވުން ފަދަކަމެއް.

  5. ކުޅަދާނަކަންހުރި އެތައްބަޔަކު ފައިސާދައްކައިގެން ތިއްބާ އެމީހުންގެ ޖާގައަތުލާފަ ހައްޖުވާޖިބުނޫން ބަޔަކު ރިޔާސީ ވައުދު ފުއްދާށޭކިޔާފަފޮނުވުމަކީ ކަންދެއްކުން.

  6. ތީއެއްވެސް އަގެއް ހުރިބައެއްނޫން މިގައުމުގަ ތިބި ސޭޙުންނަކީ އެއްވެސް އަގެއް ހުރިބައެއްނޫ ސޭހުންނަކީ ނީލަމައް ލާފަތިބިބައެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *