logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާންގެ ފުރަތަމަ ފިލްމު މިމަހު 14 ގައި ނެޓްފްލިކްސް އަށް އަންނަނީ

ބޮލީވްޑްގެ ސްޕަރސްޓަރ އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާން ބޮލީވްޑް އަށް ތަޢާރަފްވާ ފިލްމު މިމަހުގެ 14 އިން ފެށިގެން ނެޓްފްލިކްސް ފެންނާނެކަމަށް ނެޓްފްލިކްސް އިން ޢިއުލާނުކޮށްފިއެވެ.

ޔަޝްރާޖް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ މި ފިލްމުގައި ޖުނައިދު ޙާން ކުޅެފައިވަނީ އަންހެނުންގެ ހައްގުތަކާއި އިޖުތިމާއީ ހައްގުތަކަށް ވަކާލާތުކުރާ ކަރުސަންޖާ މުލްޖީ ކިޔާ ނޫސްވެރިއެއްގެ ރޯލެވެ. އެ ރޯލުން ފެނިގެންދަނީ ބާރުގަދަ ވެރިއަކާއި ބިރުކުޑަ ނޫސްވެރިއެއްގެ މެދުގައި ހަގީގަތް ހޯދަން ކުރާ ހަނގުރާމައެކެވެ.

މި ފިލްމަކީ 1861 ވަނަ އަހަރު ޖަދުނާތުޖީ މަހަރާތު ކިޔާ ވެރިއަކު ކަރުސަންޖާ މުލްޖީ ކިޔާ ނޫސްވެރިޔަކާއި ދެކޮޅަށް ބޮމްބޭ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އެދުވަސްވަރު ހިނގާފައިވާ ހާދިސާތަކެއްގެ މަށްޗައް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ނޫސްވެރިޔާގެ ރޯލަށް ފިޓްވުމަށްޓަކައި ޖުނައިދު ޙާންވަނީ 26 ކިލޯ ހިއްކައި ހަށިގަނޑަށް ވަރަށްބޮޑު ބަދަލެއް ގެނެސްފައެވެ.

 

 

 

 

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *