logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކަރަންޓުގައި ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެ

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދިޔައީ އުނގޫފާރު، ދޫނިހުރާ، ހުސެއިން އަތީކަށެވެ.

މި ހާދިސާ ހިންގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު، އުނގޫފާރުގެ މަގުބައްތި ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެންނެވެ. ހުސައިން އަތީކަކީ އެހޮޅިދަނޑިން ކަރަންޓުގައި ޖެހުނު ދެކުއްޖަކު ސަލާމަތްކުރި ޒުވާނާއެވެ. ފުރަތަމަ ކަރަންޓުގައި ޖެހުނު ދެ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލި ނަމަވެސް، އަތީކް އަށް ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްމަށްފަހު އިތުރު ފަރުވާއަށް އޭގެ ދެ ދުވަސް ފަހުން މާލެ ގެނެސްފައެވެ. މާލެ ގެނައިއިރު ވެސް އޭނާގެ ހާލު ސީރިއަސްއެވެ.

މި ހާދިސާ ހިނގާފައިވަނީ ވާރޭވެހުމުގެ ސަބަބުން އުނގޫފާރު ޕާކް ކައިރި މަގުގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށް 8 އަހަރުގެ ކުއްޖާ ކުޅެން އެރި އުޅުމުގެ ތެރޭގައެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *