logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މޯދީ ހުވާކުރުމުގެ ރަސްމިއްޔާތަށް މުޅި އިންޑިއާ އެލާޓުގައި

އިންޑިޔާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ހުވާކުރުމުން މިއަދު ދިއްލީގައި ކުރިއަށް ދާއިރު އިންޑިޔާގައި އޮތީ ތްރީ ލޭޔާ ސެކިއުރިޓީ ނިޒާމެއް އިއުލާނުކޮށްފައެވެ. އެއްގަމާއި ވައި އަދި ކަނޑުގެ ފައުޖުތަކުން މުޅި އިންޑިއާ ވަށާ ޖެހޭ ގޮތަށް ވަކިން ޚާއްސަކޮށް ދިއްލީގެ ސަލާމަތީ ކަންކަން މިހާތަނަށް ބޮޑު ވަޒީރަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތެއްގައި ސަލާމަތީ ކަންކަން ވަރުގަދަ ނުކުރާ ވަރަށް ވަނީ ވަރުގަދަކޮށްފައެވެ.

އިންޑިޔާގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި ދިއްލީގެ ސަލާމަތީ ކަންކަން މިއަދު ހުރީ ޖީ20 ސަމިޓުގައި ބޭނުންކުރި ސަލާމަތީ ފިޔަވަޅުތަކާ އެއްމިންވަރެއްގައެވެ.

ގްރައުންޑް ޓު އެއާ ސަވައިލެންސް އާއި ޒަމާނީ ނިޒާމުތަކާއި ސިއްރު ސްނައިޕަރުންގެ ސަބަބުން، މި އިވެންޓަށް ދައުވަތަށް ވަޑައިގެންނެވި ގައުމުތަކުގެ ލީޑަރުންނާއި މަންދޫބުންނަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އެވެ. ޖާސޫސީ އިދާރާތަކުގެ އެހީތެރިކަމާއެކު ދިއްލީ ޕޮލިހުން ދަނީ ސަލާމަތީ އިންތިޒާމުތައް ވަރަށް ފަރުވާތެރިކަމާއެކު ކޯޑިނޭޓް ކުރަމުންކަން މީޑިޔާއިން ފާހަގަކުރަމުން ބުނެފައި ވަނީ "މިއީ އިންޑިޔާއަށް ނެގެހެއްޓޭނެ އެންމެ މަތީ ސަލާމަތީ ފިޔަވަޅު"ތަކުގެ ގޮތުގައެވެ.

މޯދީ މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވީ ވާދަވެރި ކެމްޕޭނަކަށް ފަހު ވަރަށް ހަނި ގޮތަކަށެވެ. ވެރިކަން އެކުލަވާލީ އަމިއްލަ ބާރު ގެއްލި، ކޯލިޝަނެއްގެ އެހީގައެވެ. އެހެންކަމުން މޯދީއަށް ވެރިކަން ކުރުމުގައި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

"މޯދީއަކީ ބިރުދައްކައިގެން ވެރިކަން ކުރަމުން ގެންދިޔަ ހަރުކަށިވެރިއެއް. މިފަހަރު އެގޮތަށް މޯދީއަށް ބިރެއް ނުދެއްކޭނެ، އެއީ ކޯލިޝަން ރުއްސުމަށް ކުރަން ޖެހޭ ކަންކަން ގިނަވެފައި ކޯލިޝަންގެ މަސްލަހަތަށް މޯދީ ބޯލަނބަށް ޖެހޭނެތީ،" އިންޑިޔާގެ ސީނިއަ ނޫސްވެރިއަކު އޭނާގެ ބްލޮގްގައި ލިޔެފައިވެއެވެ. "އަބަދުވެސް ހުންނަވަން ޖެހޭނީ ކޯލިޝަން ރޫޅިދާނެތީ ބިރުން. މިއީ ކުރިން އޮތް ވަރުގަދަ ހާލަތެއް ނޫން މޯދީއަށް."

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *