logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފި

މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ މި އެކްސިޑެންޓްގައި ޓްރާންސް މޯލްޑިވިއަން އެއަވޭސްގެ ބޯޓުގެ ފަހަތްކޮޅު ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ ބ.އަތޮޅު ވެސްޓިން މޯލްޑިވްސް މިރަންދޫ ރިސޯޓް ފަޅުތެރޭގައެވެ.

އެކްސިޑެންޓްގައި އެވަގުތު ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި އެކްސިޑެންޓްގައި ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، ބޯޓުގެ ބޮޑު ބަޔަކަށް ވަނީ ލޮނުގަނޑު ވަދެފައެވެ.

ޓީއެމްއޭއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ބައެއް ފަހަރު މިފަދަ ހާދިސާތައް ދިމާވެއެވެ. މި ހާދިސާ ހިނގި ސަބަބެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *