logo minivan

English

ހޮނިހިރު, 06 ޖުލައި 2024

ދެވަނަ ފަހަރަށް އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ދީފި

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް މިއަދު ރުހުން ދީފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، މިދިޔަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު, ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓުގައި ތިން ވަޒީރުންނަށް ވެސް ރުހުން ދީފައިވަނީ އަގްލަބިއްޔަތުންނެވެ.

ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ނަމަވެސް ރައީސް ވަނީ ތިން ބޭފުޅުން އަލުން މަގާމަށް އަލުން އައްޔަން ކުރައްވައިފަ އެވެ. ތިން ބޭފުޅުން ވެސް ގެންދަވަނީ މަގާމުގެ މަސްއޫލިއްތުތައް އަދާކުރައްވަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *