logo minivan

English

އާދިއްތަ, 16 ޖޫން 2024
Photo: the edition

މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ އެޑިއުކޭޝަން މިނިސްޓަރު

1445 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮންމެ އަހަރެއްގައިވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓެވުމަށްޓަކައި ސަރުކާރުގެ އިސްވެރިއަކު ވަޑައިގަންނަވައެވެ. މިދިޔަ އަހަރު ކުރީ ސަރުކާރުގައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ، ހައްޖުވެރިންގެ ފަހު ފްލައިޓުގައި ދާ މީހުންނާއެކު އެޑިއުކޭޝަން މިނިސްޓަރު ސައުދީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ދެމުންދާ ކޯޓާގެ ތެރެއިން މިއަހަރުވެސް ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާއެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ހާއްސަކޮށްފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަހެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *