logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވުނު: އިންޑިއާ

ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ދާއިރަތާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަ ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

މޯދީގެ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒްގެ މަގާމަށް އިތުރު ދައުރަކަށް އައްޔަނު ކުރި ޖައިޝަންކަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންޑިއާ ގުޅޭ ކަންކަމާއި ގުޅޭގޮތުން އާންމުކޮށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހިދުމަތް ކުރައްވަން ފެއްޓެވި މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދިވެހިރާއްޖެއަށް ދިން ދައުވަތު ގަބޫލުކުރައްވައި ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަކީ ލިބުނު ޝަރަފަކާއި އުފަލެއްކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. ނިއުދިއްލީގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން، އެ ގައުމުގެ މީޑިއާތަކުން ވެސް ޖައިޝަންކަރުއާ ސުވާލު ކުރި އެވެ.

ތަފްސީލު ދެއްވައި އޭނާ ވިދާޅުވީ ދެ ގައުމު ވެސް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށާއި، އެއްބަސްވެވޭ ގޮތެއްގެ މަތިން އިގްތިސާދީ ދާއިރާގެ ކުރިއެރުންތަކަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ ރާއްޖެއަކީ، އިންޑިއާގެ އެންމެ އަވައްޓެރި ގާތް ރަހުމަތްތެރިޔާ ކަމަށް ވުމާއެކު ޒަމާނުއްސުރެ އޮތް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ގައުމުގެ މީޑިއާތަކުގެ ވެސް މައިގަނޑު ސުވާލަކަށް ވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރާއެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައިވާ ކަމަށާއި އަދި އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު އެބައޮތް ކަމެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވެ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފެއްޓެވުމުން އިންޑިއާގެ މީޑިއާއިން ވަނީ އެކަން ޖައިޝަންކަރު މާނަކުރައްވާ ގޮތާ ބެހޭ ގޮތުން ވެސް ސުވާލުކޮށްފައެވެ.

އިންޑިއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކާ ބެހޭ އެންކުއަރީއެއް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައި އެމައްސައްކަތް ކުރިއަށް ގެންދިއުމަށް ކުޑަ ކޮމިޓީއަކާ 241 ކޮމިޓީން އިއްޔެ ވަނީ މަސައްކަތް ހަވާލުކޮށްފައެވެ.

އެކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްވެރިން ސުވާލުކުރުމުން ޖައިޝަންކަރު ވިދާޅުވީ "ކުރިއަށް ދާނީ މަޝްވަރާކޮށްގެން"ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *