logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުންގެ ބައެއް ތަކެތި ތަހުގީގަށް ގެންގޮސްފި

އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ގެދޮރު ބަލާ ފާސްކުރުމަށްފަހު ބައެއް ތަކެތި ނަގައި ތަހުގީގު ކުރަން އެސީސީން ފަށައިފިއެވެ.

ނުރަސްމީ މަސްދަރުތަކުން މިނިވަން އަށް މައުލޫމާތު ދިން ގޮތުގައި އެސީސީން ނަގާފައިވަނީ ލެޕްޓޮޕްތަކަކާއި ބައެއް ލިޔެކިޔުންތަކެކެވެ.

ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ދިރިއުޅޭ ތަންތަން އޭސީސީން ބަލާ ފާސްކުރަން އިއްޔެ ފެށީ އެ ކޮމިޝަނުން ތަހުގީގުކޮށް އާންމުކުރި ރިޕޯޓްގައި، ފްލެޓް ކޮމިޓީން ފްލެޓްތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ؛

  • ލިރުގާމް ވަހީދު/ މއ. ވިއަރާހް
  • މުހައްމަދު އާރިފް/ ނެދުންގެ، ހއ. އިހަވަންދޫ
  • އަހްމަދު ވިސާން ނަސީމް/ މއ. އިހާދޫ
  • އަކްރަމް ކަމާލުއްދީން/ މއ. އެވަލާސްޓް

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ގޯތިތައްވެސް ދިނީ މަކަރު ހަދާ އޮޅުވާލައިގެން. ގާނޫނު އަސާސީ އާއި ރަށްވެހިކަމުގެ ގާނޫނާއި، ލާމަރުކަޒީ ގާނޫނާއި ގަވާއިތަކާއި ޚިލާފަށް އެއްވެސް މާއްދާއެއް މަޑުޖައްސާލަން މަޖުލިހުން ހުއްދަ ނުހޯދާ.

    ނޫސްވެރިން މިފަދަ ވާހަކަ ނުލިޔަނީ ގާނޫނުތަކާއި އަހުލުވެރިކަން ކުޑަކަމުން ނުވަތަ މައުލޫމާތު ހޯދަން ދިރާސާ ކުރުމުގެ އާދަ ނުހުއްނާތީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *