logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
Home land minister Ali ihusaan

ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތަށް ހަދަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރަށްރަށުގައި މަސައްކަތްކުރާނަމަ އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތް ހަދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ބަލަހައްޓަން ޖެހޭ ކަމަށް ކައުންސިލްތަކުގެ ދަފްތަރުގައިވެސް އޮތް ނަމަވެސް އެ ރަށްރަށަށް ދާ ބިދެސީން ފާހަގަކުރެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށެވެ.

އެހެންކަމުން ފޮޓޯ ފެނުމުން ބިދޭސީންގެ އައިޑެންފިކޭޝަން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ އެމީހުންގެ 100 ޕަސެންޓު ބައޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ލިބުނީމާ، އެ ޑޭޓާ ސިސްޓަމަށް ކައުންސިލަށް އެކްސެސް ދެނީ،". އިހުސާން ވިދާޅުވިއެވެ.

އަދި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އެރަށަކުން އިތުރު ޕާމިޓެއް ނަގަން ޖެހޭގޮތް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ މެންޑޭޓްކުރަން، އަޅުގަނޑުމެން ވޯކް ޕާމިޓެއް ރާއްޖޭގައި މަސައްކަތްކުރަން ދިނަކަސް އަދި އޭގެ އިތުރު ޕާމިޓެއް، އެ ރަށަކުން އިޝޫ ކުރަން ޖެހޭނެއޭ އޭނަ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކައި، އޭރުން ދަފުތަރު [ރަނގަޅަށް] ބެލެހެއްޓޭނީ." އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށި "ކުރަނގި" އޮޕަރޭޝަން މިހާރު ދެ ރަށެއްގައި ވަނީ ހިންގައިފައެެވެ. އެއީ ކ. ހިންމަފުއްޓާއި މާފުށީފައެވެ. އަދި މި ޕްރޮގްރާމް އިތުރު ފަސް ދިމާއެއްގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *