logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހައިވޭގައި އެކްސިޑެންޓްވުމުން ފިލި މީހަކު ހޯދަނީ

ހުޅުމާލެ އިން މާލެއަށް ދަތުރު ކުރާ ސިނަމާލެ ބްރިޖްގެ ހައިވޭގައި އެކްސިޑެންޓުވުމުން ފިލި މީހަކު ހޯދަން ފަށައިފިއެވެ.

ހައިވޭގައި ރޭ 8:45 ހާއިރު މި އެކްސިޑެންޓު އެންމެ ފުރަތަމަ ހިނގީ އެމަގުގެ ލައިޓް ކައިރީގައި ދެ ސައިކަލެއް ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ސައިކަލުގައި އިން މީހާ ވަނީ ސީން ރޫޅާލާފައި އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އޭގެ ފަހަތުން އައި ކާރުގައި އިން ޑްރައިވަރަށް މި މަންޒަރު ފެނި ކުއްލިއަކަށް ހުއްޓުމުން ފަހަތުން އައި ސައިކަލްގައި ޖެހި އިތުރު އެކްސިޑެންޓެއް ހިނގިއެވެ.

މި އެކްސިޑެންޓުގައި އެ ސައިކަލުގައި އިން އަންހެނަކާއި ފިރިހެނަކަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓުގައި ކާރަށާއި ދެ ސައިކަލަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓް ހިނގުމާ ގުޅިގެން ވެހިކަލް ދުއްވި މީހާ ފިލާފައިވާތީ އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އެ ހާދީސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް އެކްސިޑެންޓްވުމުން ބައެއް މީހުން ފިލާފައިވެއެވެ. އަދި އެފަދަ މީހުން ހޯދަން ފުލުހުން އާންމުންގެ އެހީ އަށް ވެސް އެދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *